Roadha Mihaaru

ޑިސެމްބަރުގައި ނެޓްފްލިކްސް އަށް އަންނަ "އާޗީސް"ގެ ލަވައެއް ނެރެފި

20 އޮކްޓޯބަރ 2023

ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާންގެ އަންހެން ދަރިފުޅު، ސުހާނާ ހާން އާއި ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންޑާ ބޮލީވުޑަށް ނުކުންނަ ފިލްމު "ދި އާޗީސް"ގެ ލަވައެއް އިއްޔެ ނެރެފި އެވެ.

ޔޫޓިއުބްގައި އާންމުކުރި އެ ލަވަ އަށް ކިޔަނީ "ސުނޯ" އެވެ. އެ ލަވަކިޔާފައި ވަނީ ތޭޖަސް މެނޮން އެވެ. އެ ލަވައިގައި ފިލްމުގެ ކާސްޓުގައި ހިމެނޭ ހުރިހާ އެކްޓަރުން ފެނެ އެވެ.

މިއީ ވަރަށް ގިނަ އާ އެކްޓަރުން ބޮލީވުޑަށް ތައާރަފުވާ ފިލްމެކެވެ.

މި ފިލްމަކީ "ގަލީ ބޯއީ" އާއި "ދިލް ދަޅަކްނޭ ދޯ" އަދި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ކަހަލަ ކާމިޔާބު ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ޒޯޔާ އަކްތަރުގެ މަސައްކަތެކެވެ.

ސުހާނާ، ހުޝީ، އަގަސްތުޔާގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ދެން ހިމެނެނީ ވެދަންގް ރައިނާ، މިހީރް އަހޫޖާ، އަދިތީ ޑޮޓް، ޔުވްރާޖު މެންދާ، ޖޭމީ އެޓްލާ، ކޯލް ޕޫރީ، ތާރާ ޝަރްމާ، ދެލްނާޒް އިރާނީ އަދި ކުލްޕްރީތު ޔާދަވް އެވެ.

"ދި އާޗީސް"ގެ ޓީޒާ ޓްރެއިލާ ވެސް ވަނީ މީގެ ހަތަރު މަސް ކުރިން ނެރެފަ އެވެ.

މަޝްހޫރު އާޗީ ކޮމިކްސް އަށް ބިނާކޮށް ގެނެސްދޭ "ދަ އާޗީސް" އަކީ ލައިވް އެކްޝަން މިއުޒިކަލް ފިލްމެކެވެ.

މި ފިލްމު ނެޓްފްލިކްސް އަށް އަންނަނީ އަންނަ ޑިސެމްބަރު މަހު ހަތެއްގަ އެވެ.