މިދިޔަ އަހަރު ސިނަމާތަކުގައި ދެއްކި ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ "އެނިމަލް" މިއަދު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
މިދިޔަ އަހަރު ސިނަމާތަކުގައި ދެއްކި ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ "އެނިމަލް" މިއަދު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
"އެނިމަލް" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާތީ ރަންބީރް އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިނަމާގައި މި ފިލްމަށް ލިބުނު އާދަޔާ ހިލާފު ބޮޑު ތަރުހީބަށް ބެލުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ގޭގައި ތިބެގެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް މިހާރު މި ފިލްމު ބަލާލުމުގެ ފުރުސަތު އެންމެނަށް ލިބޭނެތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ފިލްމަކީ ރަންބީރްގެ ކެރިއަރުގައި ވެސް އޭނާގެ އެންމެ ކާމިޔާބު ފިލްމެވެ.
މިދިޔަ ޑިސެމްބަރު މަހު އެކެއްގައި ސިނަމާތަކުގައި ދައްކަން ފެށި "އެނިމަލް" އަކީ "ކަބީރް ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ. ރަންބީރްއާ އެކު "އެނިމަލް"ގެ މުހިންމު ރޯލުތައް ކުޅުނީ ރަޝްމީކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ތުރިޕްތީ ދިމްރީ އެވެ.
މި ފިލްމުގެ ދިގުމިނަކީ ތިން ގަޑިއިރާއި 35 މިނެޓެވެ.
"އެނިމަލް" އަށް ވަނީ ބޮކްސް އޮފީހުގައި 917.31 ކްރޯޑް ރުޕީސް (110 މިލިއަން ޑޮލަރު) ލިބިފަ އެވެ.
ރަންބީރުގެ "އެނިމަލް"އަށް ފާޑުކިޔުން
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
"މެޓްރޯ އިން ދިނޯ" މިއަދު ނެޓްފްލިކްސް އަށް
ރަންބީރު 12 ކިލޯ، ވިކީ 15 ކިލޯ ލުއިކޮށްލައިފި
ފާތިމާ/މާދްވަންގެ ފިލްމު އަންނަ މަހު ނެޓްފްލިކްސްއަށް
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟