Roadha Mihaaru
ފަލަސްތީނަށް އެހީވުމަށް މަސްދޯނިތަކުން 170،000ރ.

ފަލަސްތީނަށް އެހީވުމަށް ދިވެހި މަސްދޯނިތަކުން މިއަދު އެކަނިވެސް 170،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

20 އޮކްޓޯބަރ 2023

ފަލަސްތީނަށް އެހީވުމަށް ދިވެހި މަސްދޯނިތަކުން މިއަދު އެކަނި ވެސް 170،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފަލަސްތީނަށް އެހީވުމަށް ދިވެހި މަސްދޯނިތަކުން މިއަދު އެކަނި ވެސް 170،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ފަލަސްތީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް މިއަދު އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ގއ. ކޮލަމާފުށި "ރާސްތާ" ދޯނިންނެވެ. އެ ދޯނިން ވަނީ 127،433ރ. ހަދިޔާކޮށްފަ އެވެ.

ގއ. މާމެންދޫގެ ދެ ދޯންޏަކުން ވެސް މިއަދު ވަނީ އެ ފަންޑަށް ފައިސާ ޖަމާކޮށްފަ އެވެ. އެއީ އެ ރަށު ދުވެލި 6 ދޯންޏާއި ހުޝިޔާރު ދޯނިންނެވެ. ކޮންމެ ދޯންޏަކުން ވަނީ 25،000ރ. ހަދިޔާކޮށްފަ އެވެ.

ފަލަސްތީނަށް އެހީވުމަށް ގއ. މާމެންދޫގެ މަސްދޯންޏަކުން 25،000ރ. ހަދިޔާކުރުން.-- ފޮޓޯ: މުހުތާޒް މުހުސިން | ފޭސްބުކް

ފަލަސްތީނަށް އެހީވުމަށް ގއ. މާމެންދޫގެ މަސްދޯންޏަކުން 25،000ރ. ހަދިޔާކުރުން.-- ފޮޓޯ: މުހުތާޒް މުހުސިން | ފޭސްބުކް

މީގެ ކުރިން ވެސް އެކި މަސްދޯނިތަކުން ވަނީ އެ ފަންޑަށް ފައިސާ ހަދިޔާކޮށްފަ އެވެ. ގއ. ކަނޑުހުޅުދޫ މަސް ދޯންޏަކުން ބޭނި ދެ ޓަނުގެ މަހަށް ވާ 50،000ރ. ވަނީ މިދިޔަ ހަފުތާގައި އެ ފަންޑަށް ޖަމާކޮށްފަ އެވެ.

ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލާފައިވާ ފަންޑަށް މިހާތަނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.

އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ އެކި ރަށްރަށުގައި އަންނަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.