Roadha Mihaaru
ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި

އުރީދޫގެ ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި

23 އޮކްޓޯބަރ 2023

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

ރޭ ބޭއްވި އެ ރަސްމިއްޔާތުގައި، ވަނީ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް މުބާރާތާއި ކޮސްޕްލޭ އާއި އެފްސީ 24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތުގެ ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްފަ އެވެ.

ޓެކްކެން މުބާރާތުން އެއް ވަނަ ހޯދީ، އަހުމަދު އަބާން އެވެ. އޭނާ އަށް ވަނީ 5،000ރ. ގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. އެ މުބާރާތުގެ އެކި ވަނަތަކަށް 10،000ރ. ގެ އިނާމު ވަނީ ކަނޑައަޅާފަ އެވެ.

އީއޭއެފްސީ 24 އިން އެއް ވަނަ ހޯދީ، މުހައްމަދު އައިމަން އަހުމަދެވެ. އޭނާއަށް 20،000ރ. ގެ ފައިސާގެ އިނާމެއް ލިބުނެވެ. އީއޭއެފްސީ 24 ގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ އިތުރުން ޓޮފް ސްކޯރާއަށް ވެސް އިނާމު ދީފައިވެ އެވެ. އެ މުބާރާތުގެ އިނާމުތަކަށް އުރީދޫން 40،000ރ. ދިނެވެ.

ޕަބްޖީ މުބާރާތުން އެއްވަނައަށް ހޮވުނު ޓީމު-- ފޮޓޯ: ފަޔާޒް މޫސާ / މޫސާ

ޕަބްޖީ މުބާރާތުން އެއްވަނައަށް ހޮވުނު ޓީމު-- ފޮޓޯ: ފަޔާޒް މޫސާ / މޫސާ

މީގެ އިތުރުން، އުރީދޫން ބޭއްވި ކޮސްޕްލޭ މުބާރާތުން އެއްވަނައަށް ހޮވުނު އަހުމަދު ވިޝާމަށް ވަނީ 10،000ރ. ގެ އިނާމެއް ލިބިފަ އެވެ.

އުރީދޫން އެންމެ ބޮޑު އިނާމެއް ކަނޑައަޅާފައިވާ ޕަބްޖީ މޯބައިލް މުބާރާތުން އެއްވަނަ ހޯދި ޓީމަކީ އީޓޫއެސް ޓީއެމްސެވެން އެވެ. އެ ޓީމަށް ވަނީ 50،000ރ. ލިބިފަ އެވެ. ފަބްޖީގެ މޯބައިލް މުބާރަތުގެ ވަނަތަކަށް ހޮބުނު ހުރިހާ ފަރާތަކަށް އުރީދޫން ވަނީ 89،000ރ. އިނާމު ދީފަ އެވެ.

މި ގޭމިން ފެސްޓިވަލާ ގުޅޭ ގޮތުން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ވިދާޅުވީ، ތިން ދުވަހުގެ މުއްދަތަށް ބޭއްވި މުބާރާތުގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު އެ ފެސްޓިވަލަށް އެއްހާހަށް ވުރެ މީހުން ޒިޔާރަތްކުރި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނިޔާޒް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އީ ގޭމިން ފެސްޓިވަލް ކުރިއަށް ގެންދާއިރު އާ މުބާރާތްތައް ވެސް އިތުރު ކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި އިންޓަ ސްކޫލް އީ ގޭމިން ޓޯނަމެންޓާއި ޔުނިވާސިޓީ އީ ގޭމިން ޓޯނަމެންޓާއި އަދި އިންޓަ އޮފީސް އީ ގޭމިން ޓޯނަމެންޓެއް ވެސް ބޭއްވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އުރީދޫން މަސައްކަތް ކުރަނީ އީ ގޭމިން ދާއިރާ ރާއްޖޭގައި ކުރިއަރުވައޮ، ރާއްޖެއަށް، ބޭރުގެ ގޭމިން މުބާރާތްތަކުގައި ގޯލްޑް މެޑަލް ލިބޭނެ ފަދަ ކުޅުންތެރިން އުފެއްދުން ކަމަށެވެ.