Roadha Mihaaru
ޔޫއޭއީގެ ސަފީރު ކަމަށް ނިޔާޒް އައްޔަންކުރަން ފާސްކޮށްފި

ޔޫއޭއީގެ ސަފީރު ކަމަށް ނިޔާޒް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ހ. ނިޔާސާ ޑރ. ހުސައިން ނިޔާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ހ. ނިޔާސާ ޑރ. ހުސައިން ނިޔާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރު ކަމަށް ނިޔާޒް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ނިޔާޒްގެ މައްސަލަ ދިރާސާކުރި ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ ނިޔާޒަކީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމާއި ޑިޕްލޮމެޓިކް މިޝަން އާއި ތައުލީމީ ތަޖުރިބާގެ ގޮތުން ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް މެމްބަރުންގެ އިއްތިފާގުން ނިންމައިފަ އެވެ.

ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ނިޔާޒް ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީ ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަމާއި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ ހައި ކޮމިޝަނަރުކަމާއި ކުރީގެ ޕްލޭނިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލްކަން ކުރައްވާފަ އެވެ.

ނިއުޒިލެންޑާއި އިންޑިއާ އާއި އޮސްޓްރޭލިއާއިން ތައުލީމް ހާސިލްކުރެއްވި ނިޔާޒް ވަނީ ޑިމޮގްރަފީ އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޕީއެޗްޑީ، ޑިމޮގްރަފިކް ސްޓެޓިސްޓިކްސްގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރައްވާފަ އެވެ.