Roadha Mihaaru
އެލައިޑްގެ ލައިފް އިންޝޫރެންސަށް ކޮވިޑް ކަވަރޭޖް

އެލައިޑްގެ ލައިފް އިންޝޫރެންސް ނަގާފައިވާ މީހަކު ކޮވިޑްގައި މަރުވެއްޖެ ނަމަ ފައިސާ ދެނީ

11 ނޮވެމްބަރ 2020

އެލައިޑުން ލައިފް އިންޝުއަރެންސް ނަގާފައިވާ މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ ނަމަ އެ މީހެއްގެ އާއިލާ ނުވަތަ ބެނެފިޝަރީންނަށް ފައިސާ ލިބޭ ގޮތަށް ހެލްތު އިންޝުއަރެންސް ކަވަރޭޖަށް ކޮވިޑް-19 އިތުރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އެލައިޑުން ލައިފް އިންޝުއަރެންސް ނަގާފައިވާ މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ ނަމަ އެ މީހެއްގެ އާއިލާ ނުވަތަ ބެނެފިޝަރީންނަށް ފައިސާ ލިބޭ ގޮތަށް ހެލްތު އިންޝުއަރެންސް ކަވަރޭޖަށް ކޮވިޑް-19 އިތުރުކޮށްފި އެވެ.

އެލައިޑުން ބުނީ އެ ކުންފުނީގެ ލައިފް އިންޝުއަރެންސްގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީގެ ފެމިލީ ތަކަފުލް އަށް ވެސް ކޮވިޑް-19 ކަވަ އިތުރުކޮށްފައިވާ ކަމަށެވެ. އެ ޕްލޭން ނަގާފައިވާ މީހަކު ކޮވިޑް-19ގައި މަރުވެއްޖެ ނަމަ ބެނެފިޝަރީންނަށް ވަގުތުން ފައިސާ ދޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނީ ޗައިލްޑް އެޑިއުކޭޝަން ޕްލޭންތަކުގެ ފައިސާ ދޭނީ ދަރިންނަށް 18 ފުރުމުން ކަމަށާއި އެގޮތަށް ނިންމީ ޗަައިލްޑް އެޑިއުކޭޝަން ޕްލޭނަކީ ދަރިފުޅުގެ ތައުލީމު ފުރިހަމަކުރުމަށް ނަގާ ޕްލޭނަކަށް ވާތީ އެ މަގްސަދު ހާސިލްކުރުމަށް ކަމަށެވެ.

މިޕްލޭން ނަންގަވާފައިވާ ކަސްޓަމަރެއް ކޮވިޑް ބަލީގައި މަރުވެއްޖެ ހާލަތެއްގައި އޭނާގެ ދަރިފުޅުގެ ޗައިލްޑް އެޑިޔުކޭޝަން ޕްލޭނަށް ދައްކަންޖެހޭ މަހު ފައިސާ ދައްކާނީ އެ ކުންފުނިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝޫރެންސް ކުންފުނި ކަމަށްވާ އެލައިޑުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ވެސް ކޮވިޑް-19 ގެ އިންޝޫރެންސް ޕްލޭންތަކެއް ތައާރަފްކޮށްފަ އެވެ.