Roadha Mihaaru
ބޮޑުބެރުގެ ފޯރިއާއެކު އަނަންޔާގެ އުފަންދުވަސް ރާއްޖޭގައި

ބޮޑުބެރުގެ ފޯރިއާ އެކު އަނަންޔާގެ އުފަންދުވަސް ރާއްޖޭގައި

30 އޮކްޓޯބަރ 2023

ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ، އޭނާގެ އުފަންދުވަސް ފާހަގަކުރަން ރައްޓެހިންނާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ، އޭނާގެ އުފަންދުވަސް ފާހަގަކުރަން ރައްޓެހިންނާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

އަނަންޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގަ އެވެ. އެ މީހުން ރާއްޖެ އައީ އިއްޔެ އެވެ. އަނަންޔާގެ އުފަންދުވަހަކީ މިއަދެވެ.

އޭނާ އަށް 25 އަހަރު ފުރުން ފާހަގަކުރަން މިއަދު އެ ރިސޯޓުގައި އެކި ކަންކަން ކުރި އެވެ.

މިއަދުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އަނަންޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މިރޭ ޕޯސްޓު ވެސް ކޮށްފަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވި އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

އަނަންޔާ ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ސޮނެވާ ޖާނީ ރިސޯޓުގެ ސްޓާފުން ވަނީ ބޮޑުބެރާ އެކު، އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ.

އަނަންޔާ އަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކެވެ.

އޭނާގެ ފިލްމަކަށް އެންމެ ފަހުން ނުކުތީ މިދިޔަ އޮގަސްޓް މަހު ގެނެސްދިން "ޑްރީމް ގާލް 2" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު 17 ގައި ރިލީޒްކުރާ "ކޯ ގައޭ ހަމް ކަހާ" އެވެ.

އަނަންޔާ އަކީ ބޮލީވުޑްގެ އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށި ދަރިފުޅެވެ.