އަބީޝޭކް ބައްޗަންގެ 48 ވަނަ އުފަންދުވަހުގެ ތަހުނިޔާ އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން މިފަހަރު ފޮނުވީ ވަރަށް ލޯބި އިންސްޓަގްރާމް ޕޯސްޓަކުންނެވެ.
އަބީޝޭކް ބައްޗަންގެ 48 ވަނަ އުފަންދުވަހުގެ ތަހުނިޔާ އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން މިފަހަރު ފޮނުވީ ވަރަށް ލޯބި އިންސްޓަގްރާމް ޕޯސްޓަކުންނެވެ.
އަބީޝޭކްގެ އުފަންދުވަހަކީ އިއްޔެ އެވެ. އައިޝްވާރިޔާ އިންސްޓަގްރާމް ކުރި ޕޯސްޓުގައި ވަނީ ދެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
ފުރަތަމަ ފޮޓޯގައި ފެންނަނީ އެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު އަރާދިޔާ ބައްޗަން އެވެ. އަދި ދެވަނަ އަށް ހިއްސާކުރި ފޮޓޯއަކީ އަބީޝޭކް ވަރަށް ކުޑައިރު ނަގާފައިވާ އޭނާގެ ފޮޓޯއެކެވެ.
އެ ޕޯސްޓުގެ ކެޕްޝަންގައި އައިޝްވާރިޔާ ވަނީ ވަރަށް ލޯބި މެސެޖެއް ވެސް ލިޔެފަ އެވެ.
"އުފަންދުވަހުގެ ތަހުނިޔާ ކިޔަން. އެދެނީ އުފުލާއި ލޯތްބާއި ހަމަޖެހުމާ އަދި ފުރިހަމަ ސިއްހަތަށް ލިބުމަށް،" އައިޝްވާރިޔާ ބުންޏެވެ.
އައިޝްވާރިޔާ، އަބީޝޭކްގެ ފޮޓޯއެއް އިންސްޓަގްރާމްގައި މި ހިއްސާކުރީ ވަރަށް ގިނަ ދުވަސް ފަހުންނެވެ.
އެ ދެމަފިރިން ވަރިވާން އުޅޭ ކަމުގެ އަޑުތައް ވެސް މިފަހުން ވަރަށް ގަދަވި އެވެ. ނަމަވެސް، އެމީހުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އޭގެ ފަހުން ވަނީ ދެމަފިރިން އެކުގައި ވަރަށް ގިނަ އިވެންޓުތަކުގައި ވެސް ބައިވެރިވި އެވެ.
އަރަދުޔާގެ މައްސަލަ ހައި ކޯޓަށް
މޯނީ އުފަންދުވަސް ފާހަގަކުރަން ކޮކޯ ޕާމްގައި
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވަނީ؟
ބޮޑުބެރުގެ ފޯރިއާއެކު އަނަންޔާގެ އުފަންދުވަސް ރާއްޖޭގައި
ޕެނަމާ ޕޭޕާސްއާ ގުޅިގެން އައިޝްވާރިއާ ސުވާލުކޮށްފި
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
އައިޝްވާރިއާ އަށް "ދަ ލެޓާ"
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި