ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު އަނެއްކާ ވެސް އެޖެންޑާކޮށް، މާދަމާ އަށް ވެސް ޖަލްސާއެއް ތާވަލުކޮށްފި އެވެ.
01 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު އަނެއްކާ ވެސް އެޖެންޑާކޮށް، މާދަމާ އަށް ވެސް ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު، ހުށަހަޅާފައިވާ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
އެއީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހެއް ނޫން ނަމަވެސް، ނަޝީދުގެ ގަރާރު އެޖެންޑާގައި ހިމަނައި މާދަމާ ވެސް ޖަލްސާ އޮންނާނެ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.
މާދަމާ ޖަލްސާއެއް ބާއްވަން ތާވަލުކުރީ، އެކަމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރަސްމީކޮށް މަޖިލީހުގެ އިދާރާގައި އެދިފައިވަނިކޮށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ މެންބަރުން ވަނީ މިއަދު ވެސް މަޖިލީހުގައި އިހުތިޖާޖެއް ކޮށްފަ އެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގޮސް، މުޅި މަޖިލިސް މި ވަނީ އަނެއްކާ ވެސް ހުއްޓިފަ އެވެ. މަޖިލީހުގައި ހުރި މުހިންމު ބިލުތަކުގެ އިތުރުން، މި އަހަރުގެ ބަޖެޓަށް އިތުރު ކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.
މި މަހުގެ 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވަން ބާއްވަން ޖަލްސާގެ ސައްހަ ކަމާ މެދު ވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދައިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރާއެކު މަޖިލިސް ހުއްޓިފައި އޮތް މައްސަލަ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި
ދައުލަތުގެ ބާރެއް ހުއްޓޭގޮތަށް ގަވާއިދެއް މާނަކުރެވިދާނެ؟
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް
އީވާ މިއަދު ވެސް ސަލާން، ޖަލްސާ ކެންސަލް!
އީވާ ސަލާން، މިއަދުގެ ޖަލްސާ ވެސް ކެންސަލް
އެމްޑީޕީން ބުނީ އީވާ ރިޔާސަތަށް "ފިއްލެވީ" ކަމަށް