ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެއްކެވި އުޒުރު ގަބޫލުނުކޮށް ޖަލްސާ ކުރިއަށް ގެންގޮސްދޭން މަޖިލީހުގެ އިދާރާ އިން އެދިއްޖެ އެވެ.
05 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެއްކެވި އުޒުރު ގަބޫލުނުކޮށް ޖަލްސާ ކުރިއަށް ގެންގޮސްދޭން މަޖިލީހުގެ އިދާރާ އިން އެދިއްޖެ އެވެ.
މަޖިލީހުގެ އިދާރާ އިން މިގޮތަށް އެދުނީ މިދިޔަ އަންގާރަ ދުވަހެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ އީވާ ވަނީ ކޮންމެ ޖަލްސާއަކަށް ސަލާން ފޮނުއްވައިފަ އެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފައިވަނިކޮށް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
އޭގެ އިތުރުން، އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އީވާ ވިދާޅުވި ގޮތުގައި އެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫނެވެ.
"...ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔއަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަކަށް ވެސް އަޅުގަނޑު ދެކެން،" އީވާ ވިދާޅުވި އެވެ.
އެކަމަކު މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ އީވާގެ އެ އުޒުރު މަޖިލީހުގެ އިދާރާއިން ގަބޫލު ނުކުރާ ކަމަށެވެ.
ޒިޔާއު ވިދާޅުވި ގޮތުގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.
އަދި ދެވަނަ ކަމަކަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ތަފާތު ދެ ކަމެއް ކަމަށް މަޖިލީހުގެ އިދާރާއަށް ގަބޫލުކުރެވެނީ،" ޒިޔާއު ވިދާޅުވި އެވެ.
އެކަން އީވާ އަށް ވެސް މަޖިލީހުގެ އިދާރާއިން އަންގައި، ނަޝީދުގެ ގަރާރު ކުރިއަށް ގެންދާ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވުމަށް އީވާ އަށް ދަންނަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ މާދަމާގެ ހެނދުނު 10:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ދައުލަތުގެ ބާރެއް ހުއްޓޭގޮތަށް ގަވާއިދެއް މާނަކުރެވިދާނެ؟
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް