Roadha Mihaaru
އެމްޓީސީސީން "ކަށަވަރު ޕްރޮމޯ 2023" ފަށައިފި

އެމްޓީސީސީން "ކަށަވަރު ޕްރޮމޯ 2023" ފަށައިފި

01 ނޮވެމްބަރ 2023

އެމްޓީސީސީން ކަށަވަރު ޝޯރޫމްގައި މިއަދު "ކަށަވަރު ޕްރޮމޯ 2023" ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީން ކަށަވަރު ޝޯރޫމްގައި މިއަދު "ކަށަވަރު ޕްރޮމޯ 2023" ފަށައިފި އެވެ.

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާ އެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދޭ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޓާން އައިޓަމްތަކާއި ސްކޮޓް ބޭޑާ ރެސިން އާއ، ސްކޮޓް ބޭޑާ ޖެލްކޯޓްސް އަދި ޕިގްމެންޓްސް އާއި ޔަންމާ ޖެންސެޓްސް އާއި ސްޕެއާ ޕާޓްސް އާއި އެކްސަސަރީޒްއާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި މެރޯލް އަދި ލުބްރިކަންޓްސް އެވެ. މި ޕްރޮމޯގެ މުއްދަތުގައި ކޮންމެ 5,000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ޕްރޮމޯޝަން އަމާޒުކުރަނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ޓޫރިޒަމް ދާއިރާ އާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަން އޮންނަ ދުވަސްވަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާޑް އަދި ސައިޓުގައި ހާއްސަ ހަރަކާތްތައް ކުރިއަށް ދާނެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްތައް ކަމުގައިވާ ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓްތަކެެއް ބާއްވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.