ހދ. ފިނޭ އަދި މ. މުލީގައި ބަނދަރު ހެދުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
28 ނޮވެމްބަރ 2022
ހދ. ފިނޭ އަދި މ. މުލީގައި ބަނދަރު ހެދުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ.
ފިނޭގެ ބަނދަރު މަޝްރޫއަކީ 47.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއާ އެމްޓީސީސީން ހަވާލުވެފައިވަނީ 14 މަސްދުވަސް ތެރޭ ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ތެރޭގައި ރަށުގައި ކުރިން އޮތް ފަޅު އަލުން ފުންކުރުމާއި 35484.26 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އާ ފަޅެއް ފުންކުރުމާއި، 5848.95 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުމާއި، 219.20 މީޓަރުގެ ބޭރުތޮށި ލުމާއި، ރިވެޓް މެންޓާއި ގްރޮއިން ޖެހުމުގެ އިތުރުން 248 މީޓަރުގެ އެއްގަމުތޮށި ލުމާއި ރޭމްޕު ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
ފިނޭ ބަނދަރުގެ ނެރު ބައްތި އާއި ބަނދަރު ބައްތި އާއި 2198.65 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓު ހެދުން އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހައި ސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ އެކްސެސް ޕްލެޓްފޯމް ނުވަތަ ސިޑި ހެދުމުގެ މަސައްކަތް ކުރާނީ ވެސް އެމްޓީސީސީންނެވެ.
ފިނޭ ބަނދަރުގެ މަސައްކަތް ނިމުމުން، އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އެ ރަށު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރިމަގުގައި ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އާޒިމް އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޝައުނާ މިއަދު އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ --ފޮޓޯ: އެމްޓީސީސީ
މުލީގެ 65.5 މިލިއަން ރުފިޔާގެ ބަނދަރު ހެދުމުގެ މަޝްރޫއާ އެމްޓީސީސީން ހަވާލުވެފައިވަނީ 18 މަސްދުވަސް ތެރޭ ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 33،888 ކިއުބިކް މީޓަރު ސަރަހައްދުގެ ފަޅު ފުންކުރުމާއި، 6254 ކިއުބިކް މީޓަރު ސަރަހައްދުގެ ނެރު ފުންކުރުމާއި، 465.48 މީޓަރުގެ ބޭރުތޮށްޓާއި 479 މީޓަރުގެ އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރިޓް ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތިއާއި މަގުބައްތި ހަރުކުރުމާއި އަދި 2370 މީޓަރުގެ ޕޭވްމެންޓެއް ހެދުން ހިމެނެ އެވެ.
މުލީގައި ވެސް ހައި ސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ ސިޑި ހެދުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ.
މުލީގައި މިހާރު އޮތް ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތު ކުރަން ޖެހިފަ އެވެ. މިއަދު ސޮއިކުރި މަޝްރޫއުގެ ދަށުން އެ ރަށުގައި ޒަމާނީ ބަނދަރެއް ހެދުމަކީ މުސަތަގުބަލުގައި އެ ރަށަށް ލަފާފުރުމުގައި އެތަކެއް ލުއިފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.
މުލީ އެއާޕޯޓް ޖުލައި 26ގައި ހުޅުވަން އަމާޒު ހިފައިފި
އެމްޓީސީސީން "ކަށަވަރު ޕްރޮމޯ 2023" ފަށައިފި
ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އިންޖީނު ދީފި
ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އަށް
ހަންޏާމީދޫ ބަނދަރު ނިންމައިފި
އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯޝަން" ފަށައިފި
މުލި އެއާޕޯޓުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފި
މުލީގެ އެއާޕޯޓުގެ ރަންވޭ 1،500 މީޓަރަށް ބޮޑުކުރަނީ
އެމްޓީސީސީ "ކަށަވަރު" ޕްރޮމޯޝަން ފަށައިފި
މުލީ ބިން ހިއްކުން ލަސްވާތީ ކައުންސިލުން ކަންބޮޑުވެއްޖެ