Roadha Mihaaru
ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އަށް

ރަސްމާދޫ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އަށް

29 ނޮވެމްބަރ 2022

ރަށް ގިރުމުގެ މައްސަލަ ޒަމާނުއްސުރެ ކުރިމަތިވެފައިވާ ރ. ރަސްމާދޫ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރަށް ގިރުމުގެ މައްސަލަ ޒަމާނުއްސުރެ ކުރިމަތިވެފައިވާ ރ. ރަސްމާދޫ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އެ ކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ހަތް މަސްދުވަހުގެ ތެރޭގައި ނިންމާ އެ މަސައްކަތުގެ އަގަކީ 17.8 މިލިއަން ރުފިޔާ އެވެ.

އެ މަސައްކަތުގެ ދަށުން، 157 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 283 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 2،500 މީޓަަރުގެ ވެލި ގޮނޑުދޮށަށް އަޅާނެ އެވެ.

ބިމުގެ ބޮޑުމިނުގައި 26 ހެކްޓަރު ހުންނަ ރަސްމާދޫން ރަށްގިރުމުގެ ސަބަބުން ވަށައިގެން ގިނަ ގެއްލުންތައް ލިބިފައިވެ އެވެ. އުތުރުފަރާތާއި ދެކުނު ފަރާތުގެ ގޮނޑުދޮށުގެ މަލަމަތީގެ ރީތިކަން ވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ކަމަށް ހައްލެއްގެ ގޮތުން، މީގެ ދެ މަސް ދުވަސް ކުރިން އެމްޓީސީސީން ވަނީ އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފުރިހަމަކޮށް، ނިންމައިފަ އެވެ.