ފުލުހުންގެ ފްލެޓުތައް މި މަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
05 ޑިސެމްބަރ 2023
ފުލުހުންގެ ފްލެޓުތައް މި މަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. ނަމަވެސް، އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރުމަށް ފަހު ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެކަމަކު، އެ ފަރާތަށް ވެސް ނުވުމުން އެއްބަސްވުން ބާތިލްކޮށް، ކުރީގެ ސަރުކާރުން އެ މަޝްރޫއު ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.
ސަރުކާރުން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާ އަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20ގައި ފްލެޓްތަކުގެ މަސައްކަތް ނިންމަންޖެހެ އެވެ.
އޭރު އެ ކުންފުންޏަށް ހަވާލުކުރީ ވެސް ބައެއް މަސައްކަތްތަކެެވެ. ބާކީ ހުރި ކަންކަން ހަވާލުވީ ސިފްކޯއިންނެވެ.
ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ފްލެޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން، ބައެއް އެޕާޓްމަންޓުތަކުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ފުލުހުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
ޕޮލްކޯ ފްލެޓުގެ އެތެރެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"ފުރަތަމަ ކޮންމެ ޓަވަރެއްގައި ވެސް އެއް ލިފްޓް ހަރުކުރާނީ. ބާކީ ހުރި ލިފްޓް ހަރުކުރާނީ އޭގެ ފަހުން،" ޔޫނުސް ވިދާޅުވި އެވެ.
އެކަންކަން މި އަހަރު ނިމުމުގެ ކުރިން ނިންމާލައި، މީހުން ދިރިއުޅެން ފެށޭވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސިފައިންގެ ފްލެޓުތައް ހަދަން ހަވާލުކުރީ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ. އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނިންމުމަށްފަހު ސިފައިންނަށް ވަނީ ތަޅުދަނޑު ހަވާލުކުރަން ފަށައިފަ އެވެ.
ފުލުހުންގެ ތިން ޓަވަރުގައި ޖުމްލަ 361 ފްލެޓާއި 20 ޕެންޓް ހައުސް ހުންނާނެ އެވެ. އެ ތަންތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ފުލުހުންގެ ފްލެޓްތައް މުއްދަތަށް ނިންމޭތޯ ބަލަނީ
ސަލާމަތީ ބާރުތައް ފްލެޓް މަޝްރޫއުން ސަލާމަތް ނުވެވިފަ
ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަން ހުށަހަޅައިފި
ޕޮލްކޯއިން ގެނައި 24 ވެހިކަލަށް 3.8 މިލިއަން ހޭދަކުރި
ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
ކޮރަޕްޝަނަށް ތުހުމަތުވާ ފުލުހުންގެ މަގާމާ މެދު ސުވާލެއް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ޕޮލިސް ފްލެޓުގެ ތަހުގީގަށް އޭސީސީން ޕޮލްކޯއަށް ވަދެއްޖެ
ޕޮލިސް ފްލެޓް މައްސަލާގައި އޭސީސީން އަވަސް ތަހުގީގެއް