މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވެފައިވާ ފުލުހުންގެ ފްލެޓްތައް ހަވާލުކުރި މުއްދަތުގެ ތެރޭގައި ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމިން ކޮންސްޓްރަކްޝަނުން މިއަދު ބުނެ އެވެ.
15 މެއި 2022
މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވެފައިވާ ފުލުހުންގެ ފްލެޓްތައް ހަވާލުކުރި މުއްދަތުގެ ތެރޭގައި ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމިން ކޮންސްޓްރަކްޝަނުން މިއަދު ބުނެ އެވެ.
ފުލުހުންގެ ފްލެޓްތައް އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ގަ އެވެ. އެ ޕްރޮޖެކްޓް ނިންމަން ހަވާލުކުރީ އަށް މަސް ތެރޭގައި ނިންމަން ކަމަށް ވާއިރު، އެ މުއްދަތަށް ނިންމަން މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމިން ކޮންސްޓްރަކްޝަންގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އުއްމީދަކީ މުއްދަތަށް މަސައްކަތް ނިންމުން ކަމަށް ވިޔަސް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް އޭނާ ވިިދާޅުވި އެވެ.
"ކޮންސްޓްރަކްޝަން މެޓީރިއަލްގެ ދަތިތަކެއް އަޔަސް އަންނާނީ. މި ދޭތެއަކުން ސިމެންތި ލިބުމުގެ ދަތިތަކެއް ވެސް އުޅުނު. އެ ކަހަލަ ކަންކަން ދިމާވާ ނަމަ ލަސްތަކެއް އަތުވެދާނެ. އެކަމަކު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހަމަ މުއްދަތަށް އެ ތަން ނިންމުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ 361 ޔުނިޓުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އަމިންއާ ހަވާލުކޮށްފައި ވަނީ 275 މިލިއަން ރުފިޔާ އަށެވެ.
ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގަ އެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ސިފައިންނާއި ފުލުހުން ފްލެޓްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ.
އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެއްބަސްވުން ޖެނުއަރީ 27، 2016 ގައި ބާތިލްކުރި އެވެ. ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2020 ގައި އެ ދެ މަޝްރޫއުން ވަކިވި އެވެ.
އެހެންވެ ތިން ކޮޓަރީގެ އެޕާޓްމެންޓް ހިމެނޭ އެ ދެ މަޝްރޫއު 2020 ގައި ހުއްޓުނު އިރު، ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓް އަދި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ ތިން ޓަވަރުގެ 85 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ ތިން ޓަވަރަށް މިހާތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އަންނަ އޮގަސްޓް މަހަށް ފުލުހުންގެ ފްލެޓްތައް ނިންމުމަށް މަސައްކަތް ކުރަމުން އަންނައިރު ސިފައިންގެ ފްލެޓްތަކަކީ ވެސް އެ މުއްދަަތަށް ނިންމުމަށް ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކުރި މަޝްރޫއުއެކެވެ.
އެކަމަކު އެ މަޝްރޫއު ހިންގާ ސިފައިންގެ ސިފްކޯ ކުންފުނީގެ ބަހެއް އަދި ނުލިބޭތީ އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތެއް ސާފެއް ނުވެ އެވެ.
ސިފައިންގެ 330 ފްލެޓަކީ 2014 ގައި ފެށި ތަނެކެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި 10 އަހަރު ވެފައިވާއިރު، އެ ކަމުގެ ނުތަނަވަސްކަން އެ މީހުންގެ އާއިލާތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ފްލެޓްގެ އަގުކުޑަކުރެވޭނެ ގޮތެއް ހޯދަންޖެހޭ: ކޮމިޓީ
ސަލާމަތީ ބާރުތައް ފްލެޓް މަޝްރޫއުން ސަލާމަތް ނުވެވިފަ
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ސިފްކޯ، ޕްލޮކޯއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ
ޕޮލިސް ފްލެޓުތައް މި މަހު ނިންމަނީ
ފުލުހުން ފްލެޓްތައް ނުނިމި އަނެއްކާ އިތުރު މަހެއް!
ފުލުހުންގެ ފްލެޓްތައް މުއްދަތަށް ނުނިންމުނު!
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަކީ ބޮޑު ޖަރީމާއެއް؟
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި