03 ނޮވެމްބަރ 2023
މިދިޔަ 8 މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދަށަށް ހިނގައްޖެ އެވެ.
މިދިޔަ 8 މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު (39 ބިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ.
އެކަމަކު، އެއީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ދަށް އަދަދެކެވެ. މިއީ މިދިޔަ އަހަރަށް ވުރެ ފަސް ފަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީ ހުރީ 2.7 ބިލިއަން ޑޮލަރު (42 ބިލިއަން ރުފިޔާ) ގަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ވަނީ 1.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ޓޫރިސްޓުން އިތުރުވިޔަސް އަދި ކުރީ އަހަރަށް ވުރެ ޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރި ނަމަވެސް ޓޫރިސްޓުންގެ އަތުން ލިބޭ އާމްދަނީ ދަށްވި އެއް ސަބަބަކީ ރިސޯޓާއި ގެސްޓް ހައުސްތަކުގެ ކޮޓަރީގެ އަގު ވަރަށް ބޮޑަށް ދަށްވުން ކަމަށް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުންޏެވެ.
ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި އޮކިއުޕެންސީ ރޭޓު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދަށަށް ގޮސްފަ އެވެ. މި އަހަރު ރާއްޖޭގެ އޮކިއުޕެންސީ ވަނީ ހަތަރު މަހު 50 ޕަސެންޓަށް ވުރެ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު އޮކިއުޕެންސީ 50 ޕަސެންޓަށް ވުރެ ދަށަށް ދިޔައީ ތިން މަހު އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް ހޭދަ ކުރަނީ 7.6 ދުވަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި 8.1 ދުވަސް ޓޫރިސްޓުން ހޭދަކުރެ އެވެ.
ޓޫރިސްޓުންތަކެއް މާލޭގެ މަގެއްގައި. ޓޫރިސްޓުން އަތުން މިދިޔަ އަހަރު ވަނީ 2.7 ބިލިއަން ޑޮލަރު ލިބިފައި -- ފޮޓޯ: މިހާރު
ޓޫރިސްޓުންގެ އަތުން އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ލިބުނީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ 460 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ލިބިފަ އެެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 78 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓޫރިސްޓުންގެ އަތުން 537 މިލިއަން ޑޮލަރު (8.3 ބިލިއަން ރުފިޔާ) ލިބުނެވެ
މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓުންގެ އަތުން ވަނީ 3 ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބިފަ އެވެ. ފްލައިޓް މޫވްމަންޓް މިދިޔަ އަހަރަށް ވުރެ މި އަހަރު ފަސް ޕަސެންޓު އިތުރެވެ. ފްލައިޓް ޝެޑިއުލް ކުރި ވަރު ވެސް މި އަހަރު ވަނީ 1،200 އަށް އިތުރުވެފަ އެވެ.
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ
ކްރިޕްޓޯ ފައިސާއަށް ހުއްދަ ނުދޭތީ ސަލީމުގެ ނުރުހުން
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ހަ މަސް ތެރޭގައި ކުރީގެ ހާލަތަށް ދެވޭނެ: އަފީފް
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓު ދަށަށް
އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަނީ