Roadha Mihaaru
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ

ހަނިމާދޫ އެއާޕޯޓު ފީޒަބަލް ކުރަން 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ބޭނުންވޭ: ސައީދު

25 ފެބުރުއަރީ 2024

ހދ. ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރަށް ގެންގޮސްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރަށް ގެންގޮސްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކުރީގެ ސަރުކާރުން ކޮށްފައިވީ ނަމަވެސް ފައިދާއެއް ހޯދާނެ ގޮތްތައް ފަހިކޮށްފައި ނެތް ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓު 130 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީ ކުރުމުގެ ނަމުގައި އެކަން ކޮށްފައި އޮތް އިރު 8،000 ޓޫރިސްޓު އެނދު ހަމައެކަނި އެ އެއާޕޯޓު ފީސަބަލް ކުރުމަށްޓަކައި ވެސް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ހދ.ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިހާރު

ހދ.ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިހާރު

ސައީދު ވިދާޅުވި ގޮތުގައި، އެއާޕޯޓުން ނަފާއެއް ހޯދުމަށް އުތުރުގައި 4،000 ޓޫރިސްޓު ކޮޓަރި ބޭނުންވެ އެވެ. މިހާރު ރިސޯޓުތަކަށް ކުރާ އިންވެސްޓްމެންޓްތަކުގެ ރޭޓުން ބަލާ ނަމަ އެއީ ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެ ސަރަހައްދަށް އެހާ ގިނަ އަދަދެއްގެ އެނދު ބޭނުންވާ އިރު އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ވިދާޅުވީ، މި ސަރުކާރުން މިހާރު ގެންނަ ބަދަލުތަކާ އެކު، ތިލަދުންމައްޗަށް އެކަމުގެ ފައިދާ ފެންނާނެ ކަމަށެވެ.

ޕްރޮޖެކްޓްގެ މުހިއްމު މައުލޫމާތުތައް

- ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކުރާނެ.

- އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ.

- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ.