Roadha Mihaaru
ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުލިބޭނެ

ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުދޭން ނިންމައިފި

04 ނޮވެމްބަރ 2023

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން އެ ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން އެ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެހެކަމުން ފައިސާ ދައްކަންޖެހޭ މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ވެސް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދިނުމަށް މިދިޔަ ހަފުތާގެ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ފައިސާ ދެއްކުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށާއި އަދި މުއްދަތުގެ ފަހުން ފައިސާ ނުދައްކާ މީހުންގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިއުލާންކުރާނެ ކަމަށް ވެ އެވެ.

މިކަމުގައި ފެލިދޫ ކައުންސިލްގެ ބަހެއް ނުލިބޭތީ، އެ ކައުންސިލަށް ނުލިބި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު ފައިސާ ނުދައްކާތީ ކަމަށް ބުނެ ދައުލަތުގެ ރަސްމީ އިދާރާތަކުން މިގޮތަށް ހިދުމަތް ހުއްޓާލުމަކީ އާއްމުކޮށް ކުރާ ކަމެއް ނޫނެވެ.