Roadha Mihaaru
ކަސްޓަމްސްގެ ސީޖީ ޝަރީފް ރިޓަޔާކުރައްވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފް ރިޓަޔާކުރައްވައިފި

06 ނޮވެމްބަރ 2023

ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު އެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު އެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

އޭނާ ކަސްޓަމްސްގެ ވަޒީފާ އިން ރިޓަޔާ މި ކުރެއްވީ އެ އިދާރާގައި 28 އަހަރު ވަޒީފާ އަދާކުރެއްވުމަށް ފަހު އެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އަބްދުﷲ ޝަރީފް އައްޔަންކުރީ ޖޫން 2020،23 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން މާޗް 2020،31 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

އޭގެ ކުރިން އަބްދުﷲ ޝަރީފް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލްގެ މަގާމުގަ އެވެ. އަބްދުﷲ ޝަރީފް ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ކަސްޓަމްސްގެ އިދާރާގެ ތެރެއިން، އެ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ.

ކަސްޓްސްގެ ގިނަ މަގާމުތަކެއް ފުރުއްވި އަބްދުﷲ ޝަރީފް ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކަސްޓްމަސްގެ ހިދުމަތްތަށް ޒަމާނީކޮށް، ފެންވަރު ރަނގަޅު ކުރުމަށް އަބްދުﷲ ޝަރީފް ކުރެއްވި މަސައްކަތް ފާހަގަކޮށްފަ އެވެ.