Roadha Mihaaru
އަލް އިއްތިހާދުގެ ކޯޗު ނޫނޯ މަގާމުން ވަކިކޮށްފި

ސައުދީ ޗެމްޕިއަން އިއްތިހާދުގެ ކޯޗު ނޫނޯ މަގާމުން ވަކިކޮށްފި

09 ނޮވެމްބަރ 2023

ޖިއްދާ (ނޮވެމްބަރު 9) - ސައުދީ އަރަބިއްޔާގެ ލީގު ޗެމްޕިއަން އަލް އިއްތިހާދުގެ ނަތީޖާތައް ދަށްވުމުން އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ވަކިކޮށްފި އެވެ.

ޖިއްދާ (ނޮވެމްބަރު 9) - ސައުދީ އަރަބިއްޔާގެ ލީގު ޗެމްޕިއަން އަލް އިއްތިހާދުގެ ނަތީޖާތައް ދަށްވުމުން އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ވަކިކޮށްފި އެވެ.

އިއްތިހާދު ވަނީ ހޯމަ ދުވަހުގެ ރޭ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އެއާ ފޯސް ކްލަބް އަތުން 2-0 އިން ބަލިވެފަ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ތިން މެޗުން އިއްތިހާދު ވަނީ މޮޅުވެފަ އެވެ.

ސައުދީ ޕްރޯ ލީގުގައި އެންމެ ފަހުން އިއްތިހާދު ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުހޯދި އެޓީމު އޮތީ ލީގު ތާވަލްގެ ހަވަނައިގަ އެވެ.

ނޫނޯ ވަނީ 2017 އިން 2021 އަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެއަށް ފަހު ހަތަރު މަސް ވަންދެން ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުގައި ހުރުމަށް ފަހު އޭނާ އިއްތިހާދާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

މިދިޔަ ސީޒަންގައި އިއްތިހާދަށް ސައުދީ ލީގު ޗެމްޕިއަންކަން ހޯދައިދިން ނަމަވެސް، މި ސީޒަންގައި އެޓީމަށް އަލަށް ގެނައި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއާ އެކު ކޯޗުގެ ގުޅުން ގޯސް ކަމަށް ރިޕޯޓްތައް ވަނީ އާއްމުވެފަ އެވެ.

ނޫނޯ މަގާމުން ވަކިކުރުމަށް ފަހު އާ ކޯޗަކު މަގާމަށް ގެންނަންދެން، ޓީމަށް އިރުޝާދު ދޭނި އެސިސްްޓެންޓް ކޯޗު ހަސަން ހަލީފާ އެވެ.

ނޫނޯގެ މަގާމަށް ޔޫއޭއީގެ އަލް އައިން އަށް ކޯޗު ކޮށްދިން ނެދަލެންޑްސް ކޯޗު އަލްފްރެޑް ޝްރޫޑާ ގެންނަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

މިދިޔަ ސީޒަންގައި ނެދަލެންޑްސްގެ އަޔެކްސް އަށް ކޯޗު ކޮށްދިން ޝްރޫޑާ، މިދިޔަ މެއި މަހު އައިން އާ ހަވާލުވެ، ފުރިހަމަ ރެކޯޑަކާ އެކު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އެޓީމަށް ވަނީ ފުރުސަތު ހޯދައިދީފަ އެވެ. ނަމަވެސް އޭނާ އާއި ކޯޗިން ޓީމާ އެކު އޮތް ގުޅުން ކުޑަވުމުގެ ސަބަބުން އިއްޔެ ވަނީ ކޮންޓްރެކްޓް ބާތިލް ކޮށްފަ އެވެ.