Roadha Mihaaru
ގިޔާސުއްދީނަށް 15 އަހަރުންދަށް، އިސްކަންދަރަށް ދެތަށި

އިންޓަ ސްކޫލް ނެޓްބޯޅަ: ގިޔާސުއްދީނުން ތަށި ދިފާއު ކުރިއިރު އިސްކަންދަރަށް ދެ ތަށި

08 ނޮވެމްބަރ 2023

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ދިފާއު ކުރިއިރު، 13 އަހަރާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

އިސްކަންދަރާއި ގިޔާސުއްދީން ވެސް ދެ ފައިނަލް ކުޅެފައި ވެއެވެ. ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އެ ސްކޫލްގެ ޓީމުން ދިފާއު ކުރީ ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކުރި ފައިނަލްގައި 29-23 ޕޮއިންޓުން މޮޅުވެގެންނެވެ.

15 އަހަރުން ދަށުގެ ތަށި ދިފާއުކުރި ގިޔާސުއްދީން ސްކޫލް ޓީމު.--

15 އަހަރުން ދަށުގެ ތަށި ދިފާއުކުރި ގިޔާސުއްދީން ސްކޫލް ޓީމު.--

ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި އިސްކަންދަރު ވާދަކުރީ ގިޔާސުއްދީނާ އެވެ. އިސްކަންދަރުން ޗެމްޕިއަންކަން ހޯދީ 53-43 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ތޭރަ އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ދިފާއު ކުރީ ފައިނަލްގައި 28-21 އިން ރެހެންދި ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ސްކޫލް ޓީމު.--

17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ސްކޫލް ޓީމު.--

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ހޯމަ ދުވަހުގެ ރޭ ސީއެޗްއެސްއީ ބަލިކޮށް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ.

ހަތަރު އުމުރުފުރާގެ ވެސް ޗެމްޕިއަން ޓީމާއި އެންމެ މޮޅު ކުޅުންތެރިންނަށް އިނާމު ދިނީ ރޭ ކުޅެވުނު ފައިނަލް މެޗަށް ފަހު އެވެ.

19 އަހަރުން ދަށުގެ ތަށި ދިފާއުކުރި ވިލާ ސްކޫލް ޓީމު.--

19 އަހަރުން ދަށުގެ ތަށި ދިފާއުކުރި ވިލާ ސްކޫލް ޓީމު.--

އެގޮތުން 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާގެ ޖީއޭ، އާމިނަތު އައިނީ އެވެ. އަދި 15 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގިޔާސުއްދީންގެ ޖީއޭ، މަރިޔަމް މަލާކް މުހައްމަދު ސިފާން އެވެ.

އުމުރުފުރާތަކުގެ މޮޅު ކުޅުންތެރިން؛ 19 އަހަރުން ދަށުގެ އައިނީ (ކ)، 17 އަހަރުން ދަށުގެ ޒާހީ (ކ-2)، 15 އަހަރުން ދަށުގެ މަލާކް (ވ) އަދި 13 އަހަރުން ދަށުގެ ސޯފިއާ (ވ-2).--

އުމުރުފުރާތަކުގެ މޮޅު ކުޅުންތެރިން؛ 19 އަހަރުން ދަށުގެ އައިނީ (ކ)، 17 އަހަރުން ދަށުގެ ޒާހީ (ކ-2)، 15 އަހަރުން ދަށުގެ މަލާކް (ވ) އަދި 13 އަހަރުން ދަށުގެ ސޯފިއާ (ވ-2).--

އިސްކަންދަރު ސްކޫލުގެ ޖީއޭ ފާތިމަތު ޒާހީ ޒިޔާދުﷲ 17 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނުއިރު، 13 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ ޑަބްލިއުއޭ، ސޯފިއާ އަބްދުﷲ އިބްރާހިމް އެވެ.