Roadha Mihaaru
ޖުމްހޫރީ މައިދާން ވަށައިގެން ޕާކުރުން މަނާ

ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާތީ ޖުމްހޫރީ މައިދާން ވަށައިގެން ބޮޑު ސަރަހައްދެއްގައި ޕާކުރުން މަނާ

15 ނޮވެމްބަރ 2023

ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެ ތަން ވަށައިގެން ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުކުރުން މަނާކޮށްފި އެވެ.

ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެ ތަން ވަށައިގެން ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުކުރުން މަނާކޮށްފި އެވެ.

ފުލުހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ކުރެހުމުގައިވާ ގޮތުން، އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފަ އެވެ.

އަދި ޖުމްހޫރީ މައިދާނުގެ ފަހަތުން އޮންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައިވަނީ، އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީ އާ ހަމައަށެވެ.

މެދުޒިޔާރަތް މަގުގައި ފެންޓަސީ ސްޓޯރުން ފެށިގެން ހޮޓެލް ޖެންއާ ޖެހިގެން އޮންނަ ޕާކިން ޖާގައާ ހަމައަށް ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ލޯކަލް މާރުކޭޓުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެ ސަރަހައްދުގައި ކަނޑުއުޅަނދުތައް ބަނދަރުނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް މި ބަދަލު ގެނެސްފައިވަނީ، މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގަ އެވެ.