އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ވަގުތުގައި މާލޭގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު މަނާކޮށްފި އެވެ.
16 ނޮވެމްބަރ 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ވަގުތުގައި މާލޭގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު މަނާކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އިންތިހާބީ ރައީސާއި ނައިބު ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާތީ، މާލޭގެ ޓްރެފިކް ސެކިއުރިޓީ ކަންތައްތައް އަމާންކަމާއި އޮމާންކަމާ އެކު ގެންދިއުމަށް މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ސީ 1 ކެޓަގަރީގެ 350 ކިލޯގެ ކުދި ޕިކަޕް ފިޔަވައި އެހެން ބަރު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.
އެ އުޅަނދުތައް ދުއްވުން މަނާ ވާނީ މާދަމާ މެންދުރު ފަހު 2:00 އިން 6:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ދުއްވުން މަނާ ވާނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ" ކެޓަގަރީގެ ވެހިކަލްތައް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ކެޓަގަރީތަކުގެ ވެހިކަލްތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރާއި މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ހިމެނެ އެވެ.
އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އުސޫލާ ހިލާފަށް ދުއްވާ ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެތަން ވަށައިގެން ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުކުރުން ވެސް ފުލުހުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ކުރެހުމުގައިވާ ގޮތުން، އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޖުމްހޫރީ މައިދާނުގެ ފަހަތުން އޮންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައި ވަނީ، އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމަ އަށެވެ.
ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މާދަމާ ފަށަނީ
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
މިދިޔަ އަހަރު 7،606 އުޅަނދަށް ފިޔަވަޅު އެޅި
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ޓެކްސީއެއް ޓޯކުރަނިކޮށް ލިބުނު ގެއްލުން މަރާމާތުކޮށްދެނީ
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
ބިޔަ ސްކޭމެއް، އެކަކުގެ ނަމުގައި 100 ވެހިކަލް!
ނުގަވައިދުން ޕާކުކުރާ މައްސަލަ އަނެއްކާވެސް ބޮޑުވެއްޖެ!