Roadha Mihaaru
ބީއެމްއެލް މުވައްޒަފުން ކެންސާ ސްކްރީން ކޮށްފި

ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް ކެންސާ ސްކްރީނިން ޕްރޮގްރާމެއް

17 ނޮވެމްބަރ 2023

ބީއެމްއެލްގެ މުވައްޒަފުންނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބީއެމްއެލްގެ މުވައްޒަފުންނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މި ޕްރޮގްރަމަކީ ބެންކުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި ބީއެމްއެލްގެ 100 މުވައްޒަފެއް ވަނީ ސްކްރީންކޮށްފަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ތަނުން ގަވައިދުން މުވައްޒަފުންނަށް ކެންސާ ސްކްރީން ޕްރޮގްރާމުތައް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އަދި ބަލި ޖެހުމުގެ ކުރިން ދެނެގަތުމުގެ މުހިންމު ކަމާ މެދު މުވައްޒަފުން ހޭލުންތެރިކުރުވަމުންދާ ކަމަށް ވެސް އެ ބެންކުން ބުންޏެވެ.

ބީއެމްއެލް އާއި ކެންސާ ސޮއިޓީއާގެ ޕާޓްނާޝިޕުގެ ދަށުން މި މަހު ނ. އަތޮޅުގެ ރަށްތަކުގައި ވަނީ ކެންސަރަށް ސްކްރީންކުރުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމެއް ހިންގާފަ އެވެ.

ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓު ކުރުމަށް ބާރުއެޅުމަށް ބީއެމްއެލްއިން 2016 ވަނަ އަހަރުން ފެށިގެން ދަނީ ޕިންކް ރިބަން ރަން-ވޯކް އަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.