Roadha Mihaaru
އެމް-ފައިސާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯނެއް

އެމް-ފައިސާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯނެއް

19 ނޮވެމްބަރ 2023

އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ހަ މަސް ދުވަހުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ހަ މަސް ދުވަހުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު 1،500ރ. އާއި އެއަށް ވުރެ މަތިން ފައިސާގެ މުއާމަލާތްތައް އެމް-ފައިސާއިން ކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީޑްރޯ އަށް ދާނެ ކަމަށެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ދެ މަހަކުން ގުރުއަތު ނަގާ، ނަސީބުވެރި އެއް ކަސްޓަމަރަކަށް އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެމް-ފައިސާ އަށް ރަޖިސްޓްރީވާން ބޭނުން ކަސްޓަމަރުންނަށް އުރީދޫ އެޕުން ރަޖިސްޓްރީ ވެވޭނެ އެވެ. އަދި އުރީދޫ އެޕްގައި ހިމެނޭ އެމް-ފައިސާ ބައިން އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ޔޫޓިލިޓީ ބިލްތަކާއި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދެއްކޭނެ އެވެ.

އެމް-ފައިސާ އަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ޑިޖިޓަލް ވޮލެޓެކެވެ.