Roadha Mihaaru
ހަރަދުކުޑަ ނުކޮށްފި ނަމަ 19ބިލިއަން ހޯދަން ޖެހިދާނެ

ހަރަދު ކުޑަ ނުކޮށްފި ނަމަ ބަޖެޓަށް 19 ބިލިއަން ހޯދަން ޖެހިދާނެ: އޮޑިޓް

21 ނޮވެމްބަރ 2023

އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ކަނޑައެޅިފައިވާ ގޮތަށް ކުޑަ ނުކުރެވިއްޖެ ނަމަ ބަޖެޓު ފައިނޭންސިންއަށް 19 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ކަނޑައެޅިފައިވާ ގޮތަށް ކުޑަ ނުކުރެވިއްޖެ ނަމަ ބަޖެޓު ފައިނޭންސިންއަށް 19 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ބަޖެޓު ކޮމިޓީއަށް އޮޑިޓް އޮފީހުން ހުށަހެޅި ލަފާގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހޭ އިރު، ސަބްސިޑީ ރިޕޯމު ކުރުމާއި ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒު ނުކޮށްފި ނަމަ އެ އަދަދަށް 1.8 ބިލިއަން ރުފިޔާ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ބަޖެޓު ކޮމިޓީގައި އޮޑިޓް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ، ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި ވެސް ބޮޑު އަދަދެއް ހޯދަން ކަނޑައަޅާފައި އޮތް އިރު އެއީ ބޭރުގެ މާކެޓަށް ގޮސް ހޯދަން އެހާ ފަސޭހަ އަދަދަކަށް ނުވެދާނެ ކަމަށެވެ. އެހެންވެ އެހާލަތުގައި ފޮރިން ރިޒާވަށް ކުރާ އަސަރު ދެނެގަނެ އެ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ދެނެގަތުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޖީ އޮފީހުން ބަޖެޓާ ގުޅޭ ގޮތުން ދެއްވި ލަފާގެ ކަރުދާސް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޖީ އޮފީހުން ބަޖެޓާ ގުޅޭ ގޮތުން ދެއްވި ލަފާގެ ކަރުދާސް -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ބަޖެޓް ސަޕޯޓަށް ނަގާ ލޯނުތައް ވެސް ގާނޫނުގެ ސަސްޕެންޝަން އިން ގޮތުން ނެގުމަކީ ގާނޫނުގެ ރޫހާ ހިލާފު ކަމެއް. ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި އަހަރު ތެރޭގައި 450 މިލިއަން ޑޮލަރު ހޯދުމަކީ އުނދަގޫ އަމާޒެއްގެ ގޮތުގައި ބަޖެޓު ކަރުދާހުގައި ވެސް ފާހަގަކޮށްފައި އެބައިން. އަދިި މި ފައިސާ ނުލިބޭނެ ހާލަތެއްގައި ފޮރިން ރިޒާވަށް ކުރާ އަސަރު ދެނެގަނެ އެ ހާލަތްތަކުގައި އަމަލުކުރާނެ ޕްލޭނެއް ތައްޔާރުކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ވަނީ ދައުލަތުން އާސަންދަ އާއި ޕެންޝަނަށް ކުރާ ހަރަދު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

"ދައުލަތުގެ ބަޖެޓުން ޑަބަލް ޕެންޝަނަށް ކުރާ ހަރަދު ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑުވާނެ ކަމަށް ބެލެވެނީ. ސަބްސިޑީއަށް ކުރާ ހަރަދާއި ޑައިރެކްޓް ސަބްސިޑީ ޓްރާންސްފާ ނިޒާމަށް ބަދަލުކޮށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެ އޮފީހުން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ އިތުރުން އާމްދަނީ އިތުރު ކުރުމަށް ވެސް ރިއަލިސްޓިކް ކަންކަން ހުށަހެޅުމަށް އެދިފަ އެވެ. އެގޮތުން ދުރާލައި އެ ކަންކަން ރޭވި، ތަންފީޒު ކުރެވޭނެ ފަދަ ކަންކަން ހިމެނުމަށް ވަނީ ލަފާދީފަ އެވެ.