Roadha Mihaaru
"ނަދީމްގެ މަރުގެ ދައުވާލިބޭމީހުން ބަންދުނުކުރުން ގޯސް"

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރަން ނިންމީ ގޯސްކޮށް: ދައުލަތް

05 ޑިސެމްބަރ 2023

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް އިބްރާހިމްގެ މަރާލި މައްސަލައިގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް އިބްރާހިމްގެ މަރާލި މައްސަލައިގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ ކުށް މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މީހުން ބަންދު ކުރެވޭނީ ގާނޫނީ ހަމައެއް ނެތް ކަމަށް ހައި ކޯޓުން ނިންމިޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން އެދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިސްތިއުނާފް މަރުހަލާގައި ބަންދު ކުރުމުގައި ރިއާޔަތް ކުރަންޖެހޭ ވަކި އުސޫލުތަކެއް ނެތަސް، އާންމު އިޖްރައާތުތަކަށް ރިއާޔަތްކޮށްގެން އިސްތިއުނާފް މަރުހަލާގައި ބަންދާ މެދު ގޮތެއް ނިންމޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރުމުގައި އަމަލުކުރަން ޖެހޭ ހާއްސަ އިޖްރައާތެއް ގާނޫނުގައި ބަޔާންކޮށްފައި ނެތުމަކީ އާންމު އިޖްރައާތުގެ ތެރެއިން މީހުން ބަންދު ކުރެވޭނެ ކަން އެނގޭ ކަމެކެވެ. އަދި އިޖްރައާތެއް އޮއްވާ އިޖްރައާތެއް ނެތް ކަމަށް ހައި ކޯޓުން ނިންމި ނިންމީ ގޯސްކޮށާއި އެހެންވެ، އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅަައިދޭން އެދޭ ކަމަށް ދައުލަތުން ބުންޏެވެ.

މަފާޒްގެ ވަކީލް ވިދާޅުވީ ދަށު ކޯޓުގެ ޝަރީއަތް ހިންގިއިރު ފަސް އަހަރު ވަންދެން އޭނާ ހުރީ ބަންދުގައި ކަމަށެވެ. އަދި އެ މައްސަލަ ނިމުނު ފަހުން އެހެން މައްސަލައެއްގައި އޭނާ މިހާރު ހުރީ ބަންދުގައި ކަމަށް ވަކީލް ވިދާޅުވި އެވެ. އެފަދަ ހާލަތްތަކުގައި ދައުލަތުން އާންމުކޮށް އަމަލުކުރާ އުސޫލަކީ އެއް މައްސަލައެއްގައި ބަންދުގައި ހުރިނަމަ އިތުރު މައްސަލައެއްގައި އެ މީހާ ބަންދު ކުރަން ނޭދުން ކަމަށް ވަކީލް ވިދާޅުވި އެވެ. އެކަމަކު މަފާޒްގެ މައްސަލާގައި ތަފާތުކޮށް އަމަލުކުރާ ސަބަބެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރުމާބެހޭ އިޖްރައާތެއް ބަޔާންވެފައި ނެތް ކަމަށެވެ. އަދި އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރިޔަސް، އެފަދަ ހާލަތްތަކުގައި ބަންދުގައި ބައިތިއްބަންޖެހޭ އުސޫލެއް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެކުރިން އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރަނީ ހާއްސަ ހާލަތްތައް އޮންނަ މައްސަލަތަކުގައި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު އެތައް އަހަރެއް މީހުން ވަންދެން ބޭތިއްބުމަށްފަހު ކުށް ސާބިތުނުވުމުން އިސްތިއުނާފް މަރުހަލާގައި އަނެއްކާވެސް އެތައް އަހަރެއް ވަންދެން ބައިތިއްބަން މަސައްކަތް ކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ. އަދި އޭގެ ބަދަލުގައި ދައުލަތުން މަސައްކަތް ކުރަން ޖެހޭނީ އިސްތިއުނާފް މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާ ވެސް ބާއްވާނެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.