Roadha Mihaaru
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް

ރައީސް ޑރ. މުއިއްޒު ކެބިނެޓާ އެކު ފުރަތަމަ ފަހަރަށް ތިލަމާލެ ބްރިޖު ސައިޓަށް

22 ނޮވެމްބަރ 2023

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަތަމަ ފަހަރަށް އެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަތަމަ ފަހަރަށް އެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒާ އެކު މި ޒިޔާރަތުގައި އާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައީސްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުން އަދި އާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ސަރުކާރުގެ ވެރިން ތިލަމާލެ ބްރިޖަށް ކުރި ޒިޔާރަތުގައި ނައިބު ރައީސް ހުސެއިން ޕްލޭނިން މިނިސްޓަރު މުއްތޮލިބްއާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާ ސަރުކާރުގެ ވެރިން ތިލަމާލެ ބްރިޖަށް ކުރި ޒިޔާރަތުގައި ނައިބު ރައީސް ހުސެއިން ޕްލޭނިން މިނިސްޓަރު މުއްތޮލިބްއާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ފުރަތަމަ ވަޑައިގަތީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. މާލެ ސައިޓުގައި ހަދާފައިވާ ބްރިޖުގެ ފުރަތަމަ ރޭމްޕް ސަރަހައްދުގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު އެ މަނިކުފާނު ވަނީ މާލެ އާއި ވިލިމާލެއާ ދެމެދު މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.

ގުޅިފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެ ތަނުގައި ކުރިއަށް ގެންދާ ޕްރީ-ކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު މައުލޫމާތު އޮޅުންފިލުއްވި އެވެ.

ނަމަވެސް މިއަދުގެ ޒިޔާރަތަށް ފަހު، ރައީސް ޑރ. މުއިއްޒާއި ސަރުކާރުގެ ކަމާ ގުޅޭ އިސްވެރިން މީޑިއާއާ ވާހަކަފުޅެއް ނުދައްކަވަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގައި އެއްގަމުގައި ޖެހި ބްރިޖުގެ ތަނބުތަކުގެ މަތީގައި ސުޕަސްޓްރަކްޗާގެ ބައިތައް މިހާރު ވަނީ ބަހައްޓައިފަ އެވެ. މާލެ ފަޅުތެރެއިން ތިލަ ހިސާބުގައި ޖަހާ ފުރަތަމަ ތަނބުގެ ބޮޑު ބައެއް ނިމިފައިވާއިރު، ވިލިމާލޭގެ ތިލަ ހިސާބުގައި ޖަހާ ތަނބެއްގެ ބޮޑު ބައެއް ވެސް ވަނީ ނިމިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖު މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި އެ މަނިކުފާނު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މަސައްކަތެވެ. ބްރިޖުގެ މަސައްކަތް ކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، މަސައްކަތް ދާ ސްޕީޑަށް ވެސް އެ މަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ ސްޕީޑް އަވަސްކޮށް ބްރިޖުގެ މަސައްކަތް ނިންމައި ހުޅުވާނީ ވެސް އެ މަނިކުފާނެވެ.

ތިލަމާލެ ބްރިޖު ހަދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރަސްމީ ލޯންޗުކޮޅުގައި ތިލަމާލެ ބްރިޖަށް ކަނޑުގައި ކުރާ މަސައްކަތް ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރަސްމީ ލޯންޗުކޮޅުގައި ތިލަމާލެ ބްރިޖަށް ކަނޑުގައި ކުރާ މަސައްކަތް ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި، އާ ސަރުކާރުގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި، ބްރިޖު މަސައްކަތުގެ 77 ޕަސެންޓް މިހާތަނަށް ނިމެންޖެހުނު ނަމަވެސް އަދި ނިމިފައި ވަނީ އެންމެ 27 ޕަސެންޓް މަސައްކަތެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ އެ މަސައްކަތުގެ ހާލަތު ދެނެގަތުން، ކޮން މައްސަލަތަކެއް ދިމާވެގެން، ކޮން ކަންތައްތަކެއް ދިމާވެގެންތޯ މި ހުރި ޗެލެންޖަސްތައް ހުރީ ނުވަތަ މިހާ ބޮޑު ގެޕެއް، ލަސްވުމެއް މިކަމުގައި މި އުޅެނީ،" ފިރުޒުލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާ ސަރުކާރުގެ "ހަފްތާ 14" އެޖެންޑާގައި ވެސް ވަނީ މި މަސައްކަތް ލަސްވާން ދިމާވި ސަބަބު ދެެނެގަތުމަށް ހިމަނައިފަ އެވެ.

އިންޑިއާގެ ލޯނު އެހީގައި ތަރައްގީކުރާ ވިލަމާލެ ބްރިޖު މަޝްރޫ އަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

ގުޅިފަޅުގެ ތިލަމާލެ ބްރިޖު ސައިޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގުޅިފަޅުގެ ތިލަމާލެ ބްރިޖު ސައިޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅުގައި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވެސް ނަގައިފަ އެވެ.

އެ ބްރިޖުގެ މަސައްކަތަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ 190 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފަ އެވެ.

ގުޅިފަޅުގެ ތިލަމާލެ ބްރިޖު ސައިޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގުޅިފަޅުގެ ތިލަމާލެ ބްރިޖު ސައިޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ވިލިމާލެ އާއި މާލެއާ ދެމެދު ބްރިޖުން ގުޅާލެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ. ނަމަވެސް، އެ މުއްދަތަށް ވެސް ނުނިމުނެވެ.

އެފްކޮންސް އިން ކުރިން ބުނީ މަސައްކަތް ލަސްވީ އެ ސަރަހައްދުގެ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަނޑުއަޑީގެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ނުދިއުމުން ކަމަށެވެ.