Roadha Mihaaru
ލިވަޕޫލް ޓެސްޓުން ފާސް ވެއްޖެ: ކްލޮޕް

ލިވަޕޫލް ޓެސްޓުން ފާސް ވެއްޖެ: ކްލޮޕް

26 ނޮވެމްބަރ 2023

މެންޗެސްޓާ (ނޮވެމްބަރު 26) - މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗު، ލިވަޕޫލުން އެއްވަރުކޮށްގެން ނިންމާލުމުން އެ ޓީމުން ޓެސްޓުން ފާސްވެއްޖެ ކަމަށް، ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މެންޗެސްޓާ (ނޮވެމްބަރު 26) - މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗު، ލިވަޕޫލުން އެއްވަރުކޮށްގެން ނިންމާލުމުން އެ ޓީމުން ޓެސްޓުން ފާސްވެއްޖެ ކަމަށް، ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ދެ ސީޒަނަށްވުރެ ކުރު މުއްދަތެއްގައި ޕްރިމިއާ ލީގުގައި އާލިން ހާލަންޑްގެ 50 ވަނަ ލަނޑު ރޭ އޭނާ ލިވަޕޫލް ކޮޅަށް ވައްދާލީ 27 ވަނަ މިނެޓްގަ އެވެ.

ފުރަތަމަ ހާފުގައި ލީޑްގައި އޮވެގެން ސިޓީ ނިންމާލައި ދެވަނަ ހާފަށް ކުރިމަތިލައި، އެ ހާފު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް، ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.

ޕޮއިންޓެއް ލިބުމުން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވުރެ ބޮޑަށް ކްލޮޕް ހުރީ އުފަލުންނެވެ.

"އަހަންނަށް ހީވަނީ މީ އަހަރެމެން ފާސްވި ޓެސްޓެއް. މިއީ ޓެސްޓެއް ނޫން ކަމެއް ވެސް އަހަންނަށް ޔަގީނެއް ނޫން،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އެއްވެސް މީހަކަށް ވަގުތު ނުލިބޭ ވިޔަފާރިއެއްގައި އެކަމަށް އެދި ބޭނުން ކުރުމަކީ ހަގީގަތުގައި ވެސް އުނދަގޫ ކަމެއް."

"މިދިޔަ އަހަރު އަހަރެމެންނަކީ ގިނަ ދުވަހު އެކުގައި ކުޅުނު ޓީމެއް. އޭރު މިތަނުގައި [އިއްތިހާދު ސްޓޭޑިއަމްގައި] 4-1 އިން ބަލިވި މެޗުގައި] އަހަރެމެން މުޅި ފަހަތަށް ފުރޮޅުލީ. އެއްވެސް ފުރުސަތެއް އަހަރެމެންނަށް ނުލިބުނު."

"މިއަދު އަހަރެމެންނަށް ފުރުސަތެއް ލިބުނު. އަހަންނަކީ ސިއްރު މީހެއް ނޫން، މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ކާކުތޯ ސުވާލުކޮށްފިނަމަ އެއީ މެންޗެސްޓާ ސިޓީކަން ސާފުކޮށް އެނގޭ. އަހަރެމެން ބޭނުންވަނީ އެމީހުންނަށް ރަނގަޅު މެޗެއް ދޭން ތައްޔާރަށް ތިބެން އަދި އެއީ އަހަރެމެން ކުރި ކަމެއް."

ސިޓީގެ ރުބެން ޑިއާޒުގެ ޖެހި ލަނޑު، ގޯލެއް ކަމަށް ރެފްރީ ބަލައި ނަގަތުމުން ސިޓީގެ ކުޅުންތެރިން ހިތްހަމައެއް ނުޖެހުނެވެ.