ލިވަޕޫލް (މާޗް 10) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރުގެ ކޯޗެއް އޭނާގެ ހަޔާތުގައި ނުދެކޭ ކަމަށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
10 މާޗް 2024
ލިވަޕޫލް (މާޗް 10) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރުގެ ކޯޗެއް އޭނާގެ ހަޔާތުގައި ނުދެކޭ ކަމަށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. މިއީ ލީގުގައި ލިވަޕޫލްގެ ކޯޗު ކަމުގައި ހުރެ ގާޑިއޯލާއާ ދެކޮޅަށް ކްލޮޕް ނުކުންނާނެ ފަހު މެޗެވެ.
އިނގިރޭސި ލީގަށް، ކްލޮޕާއި ގާޑިއޯލާ ބަދަލުވުމުގެ ކުރިން، މި ދެ ކޯޗުންގެ ވާދަވެރިކަން ދެ އަހަރު ޖަރުމަނުގެ ބުންޑެސް ލީގާގައި ފެނިގެން ދިޔަ އެވެ. ބަޔާން މިޔުނިކްގެ ކޯޗުކަމުގައި ގާޑިއޯލާ ހުރި އިރު އޭނާގެ ފުރަތަމަ ދެ އަހަރު އޭނާއާ ދެކޮޅަށް އެންމެ ބޮޑަށް ވާދަ ކުރީ ކްލޮޕްގެ ބޮރޫޝިއާ ޑޯޓްމަންޑެވެ.
ދެ ކޯޗުންގެ ކުރިމަތިލުންތަކުގެ ކުރި ލިބެނީ ކްލޮޕަށެވެ. އޭނާ ވަނީ ގާޑިއޯލާގެ މައްޗަށް 12 ފަހަރު މޮޅުވެފަ އެވެ. ގާޑީއޯލާ އަށް މޮޅުވެވިފައި ވަނީ 11 ފަހަރު އެވެ.
އޭނާ ކޮޅަށް ނަތީޖާ ބުރަ ވިޔަސް ކްލޮޕް ބުނީ، އޭނާގެ ހަޔާތުގައި ފެނުނު އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ ކަމަށެވެ.
"އަހަންނަކަށް ނޭނގެ އަހަރެންގެ މާޒީގައި ދިމާވި ކޯޗުންނާ މެދު ޖަޖްކުރާކަށް. އެކަމަކު އަހަރެންގެ ހަޔާތުގައި އޭނާ އަކީ އަހަންނަށް ފެނުނު އެންމެ މޮޅު ކޯޗު،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ގާޑިއޯލާ، އޭނާ އަށް ވުރެ މޮޅީ ކޮން ގޮތަކުންކަން ބުނަން ނޭނގޭ ކަމަށެވެ.
"އެކަމަކު ބަލާ އޭނާގެ ޓީމުތައް ކުޅޭ ގޮތް،" ކްލޮޕް ބުންޏެވެ.
"އޭނާ އަށް ވުރެ އަހަރެން މޮޅުވެދާނެ (ފުޓްބޯޅަ ކޯޗިންގެ) އެހެން ދާއިރާއެއް އަކުން. އަހަންނަކަށް ނޭނގެ އެ ތަފާތު ބުނެދޭކަށް. އެކަމަކު ބެލީމަ ފެންނާނެ. ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ފުޓްބޯޅައިގެ ތަފަތު ރަހަތަކެއް ހުރުން ކަމަށް. އަހަރެމެން ދެ މީހުން ކުޅުވާ ސްޓައިލް ކަމުދާ ބަޔަކު ތިބެދާނެ."
ކްލޮޕް ބުނީ، މިރޭގެ މެޗަކީ ލިވަޕޫލްގެ ކޯޗުކަމުގައި ހުރެ، ގާޑިއޯލާއާ ދެކޮޅަށް އޭނާ ކުރިމަތިލާނެ ފަހު މެޗަށް ނުވެދާނެ ކަމަށާއި އެފްއޭ ކަޕުގައި ވެސް ވާދަ ކުރަން ޖެހިދާނެ ކަމަށް ކްލޮޕް ބުންޏެވެ. ރާއްޖޭ ގަޑިން މިރޭ 8:45 ގައި ކުޅޭ މެޗަކީ ފުޓްބޯޅައިގައި މި ހަފުތާގައި ކުޅޭ އެންމެ ވަރުގަދަ މެޗަށް ވާނެ ކަމަށް ކްލޮޕް ބުންޏެވެ.
"އަހަންނަކަށް ނޭނގެ އެހެން ލީގުތަކުގައި ހުރީ ކޮން މެޗުތަކެއް ކަމެއް. ނަމަވެސް މިއީ މި ހަފުތާގައި އޮތް އެންމެ ވަރުގަދަ މެޗަށް ވެގެން ހިނގައިދާނެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ލިވަޕޫލް ޓެސްޓުން ފާސް ވެއްޖެ: ކްލޮޕް
ޕްރިމިއާ ލީގަށް ބޮޑު ރެޔެއް: ދެޓީމަށް ޖަވާބު ލިބޭނެ
ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި