ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
28 ނޮވެމްބަރ 2023
ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައި ހުއްދަ އަށް ވަނީ އެދިފަ އެވެ. އެ ހުއްދަ އަދިވެސް ނުލިބޭތީ، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފައުންޑިން މެންބަރު އަދި ޔާމީން އެންމެ ބޮޑަށް އިތުބާރު ކުރައްވާ އެއް ބޭފުޅާ އަހުމަދު މުސްތަފާ ވަނީ އެކަމުގެ ކަންބޮޑުވުން އީސީގެ ރައީސް ޓެގް ކުރައްވައި "އެކްސް" ގައި މިއަދު ފާޅުކުރައްވައިފަ އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ، ޕީއެންއެފް އުފެއްދުމާ ގުޅޭ ލިޔެކިޔުންތައް އީސީ އަށް ލިބުނީ އިއްޔެ ހަވީރު ކަމަށެވެ. އޭނާ ވިދާޅުވީ، ދިމާވި މައްސަލަތައް ހައްލުކޮށް މާދަމާ ހުއްދަ ދޭނެ ކަމަށެވެ.
ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެ މަނިކުފާނު އިސްވެ އުފައްދާ ޕާޓީއާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވަނީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލުގެ އާއިލާގެ ބޭފުޅެއް ކަމަށްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ޕީއެންއެފް އަށް މީހުން ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ކުރިން ޕީޕީއެމް ހިންގި އޮފީސް، ހ. ހުރަފާގައި ފަށައިފަ އެވެ.
ޕީއެންއެފްގެ ކުލައެއް ކަމަށް ކަނޑައެޅީ ދަނބުކުލަ އެވެ.
ޔާމީނަކީ ގައިދީއަކަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ޕީޕީއެމްގައި ވެސް އެ މަނިކުފާނުގެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ޔާމީންގެ ޕާޓީ އުފައްދަން ފޯމްތައް އީސީއަށް ހުށަހަޅައިފި
އިންތިހާބުގައި ގޯހެއް ހިނގި ކަމަކަށް ނެތް: ފުއާދު
ފުއާދުގެ ދައުރު ހަމަވާތީ އީސީ އަށް ހަސީބު
ހުރިހާ ޕާޓީތަކަށް ފައިސާދީގެން އޮތީ ކޮން ފައިދާއެއް؟
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
އަލީރަޝީދާއި ޝަކީލްގެ މައްސަލަ ނުބަލާތީ ފާޑުކިޔުން
ރީޑިން ނެގުމާ ގުޅޭ ތުހުމަތު ސްޓެލްކޯ އިން ދޮގުކޮށްފި
ފުއާދުގެ ދައުރު ހަމަވާތީ ކުރިމަތިލާން ހުޅުވާލައިފި