29 ނޮވެމްބަރ 2023
ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އެތެރެކޮށް، ބޭރުކުރަން އުޅުނު 31.7 މިލިއަނަށް ވުރެން ގިނަ ރުފިޔާ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފަންޑްކުރުމުގެ ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ ކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އެތެރެކޮށް، ބޭރުކުރަން އުޅުނު 31.7 މިލިއަނަށް ވުރެން ގިނަ ރުފިޔާ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފަންޑްކުރުމުގެ ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ ކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީގެތެރެއިން އެންމެ ގިނަ ފައިސާ ހިފެހެއްޓީ 2018 ވަނަ އަހަރެވެ.
ކަސްޓަމްސްއިން މި އަދަދުތައް ހާމަކުރީ، 2014 ވަނަ އަހަރު މި ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މި ކަސްޓަމްސްއިން ހިފެހެއްޓި ފައިސާގެ އަދަދު ހޯދަން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިދިޔަ އަހަރު ލިޔުމުން ޖަވާބު ހޯދުމަށް އެދިވަޑައިގަތުމުން އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފޮނުއްވި ޖަވާބުތަކުގަ އެވެ. އެ ޖަވާބުތައް މަޖިލީހަށް އިއްވީ މިއަދު އެވެ.
މިނިސްޓަރު ފޮނުއްވި ޖަވާބުތަކުގައި ވަނީ ވަކިވަކިން ކޮންމެ އަހަރަކު ހިފެހެއްޓި ފައިސާގެ އަދަދު ވަކިވަކި ކަރަންސީ އެނގޭ ގޮތަށް ހިއްސާކޮށްފަ އެވެ. ޖުމްލަ އަދަދުތައް އެއްކޮށް ބެލުމުން ހަ އަހަރު ތެރޭގައި 31،772،807.56 ރުފިޔާ ވަނީ ހިފަހައްޓައިފަ އެވެ.
އެންމެ ގިނަ ރުފިޔާ ހިފެހެއްޓި 2018 ވަނަ އަހަރު ވަނީ 17،324371.68ރ. ހިފަހައްޓައިފަ އެވެ. ދެން އެންމެ ގިނަ ފައިސާ ހިފަހައްޓާފައިވަނީ 2017ގަ އެވެ. އެ އަހަރު ޖުމްލަ 5،157934.02ރ. ވަނީ ހިފަހައްޓައިފަ އެވެ.
- 2015 ވަނަ އަހަރު - 134،3462.24ރ.
- 2016 ވަނަ އަހަރު - 2،879،122.48ރ.
- 2017 ވަނަ އަހަރު - 5،183،340ރ.
- 2018 ވަނަ އަހަރު - 17،363،054.6 ރ.
- 2019 ވަނަ އަހަރު - 2،849،654.24ރ.
- 2020 ވަނަ އަހަރު - 2،154،174ރ.
މަޖިލީހަށް ފޮނުވި ޖަވާބުގައި ވަކި ކަރަންސީއެއް ހާމަނުކޮށް އެހެނިހެން ގޮތުގައި ވެސް އަދަދުތަކެއް ހިއްސާކޮށްފައިވެ އެވެ.
- 2015 ވަނަ އަހަރު 1،16886ރ.
- 2016 ވަނަ އަހަރު 16،800ރ.
- 2017 ވަނަ އަހަރު 34،792ރ.
- 2018 ވަނަ އަހަރު 4،0424.75ރ.
- 2019 ވަނަ އަހަރު .3،400000ރ.
- 2021 ވަނަ އަހަރު - 1،278000ރ.
ކަސްޓަމްސްއިން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް ހިފެހެއްޓި ފައިސާ ވާނީ ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
"ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކޮށްލީ އެކަކު"
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ނުހިމެނޭ
"ކަސްޓަމްސްގެ ސްކޭން ކުރާ އޮފިސަރެއް ސަސްޕެންޑުކުރި"
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ
ނިހާނަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމައިފި
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރަން ޖަޕާނުގެ އެހީ
ޑްރަގް ގެންނަ ބިދޭސީން ބަލަހައްޓަން ހޭދަ ބޮޑު: މާރިޔާ
46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް