Roadha Mihaaru
ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު އައްޔަންކޮށްފި

29 ނޮވެމްބަރ 2023

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި މި 20 ބޭފުޅުންގެ ތަފުސީލް ހާމަކޮށްފަ އެވެ.

އެކި މިނިސްޓްރީތަކުގެ ނައިބުންގެ މަގާމަށް އިއްޔެ ވެސް 26 ބޭފުޅަކު ރައީސް އައްޔަންކުރެއްވި އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

މި މަހުގެ 17 ގައި އުފެއްދި އާ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 49 ބޭފުޅުން އެބަތިއްބެވެ. އަދި 22 ކެބިނެޓް މިނިސްޓަރުން ތިއްބަވަ އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާ 15،000ރ. އާއެކު ކޮންމެ މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވާނެ އެވެ.