ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
21 ޖުލައި 2024
ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ޓެކްސްއާ ގުޅޭ މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން މީރާއާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކުންފުނި ތަމްސީލް ކުރައްވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
އެފަދަ މައްސަލައެއް މިހާރު ފެންމަތިވުމުން، އެކަން ސަރުކާރުން ބަލަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރަކު ކޯޓުގައި ވަކާލާތު ކުރާކަން މިދިޔަ ބުރާސްފަތި ދުވަހު އޮތް ހައި ކޯޓުގެ ޝަރީއަތުގައި ސަމާލުކަމަށް ގެނައީ މީރާގެ ވަކީލުންނެވެ.
މީރާގެ ވަކީލް ވިދާޅުވީ، ކޯޓުގައި އެ އިދާރާ ތަމްސީލް ކުރަނީ ދައުލަތް ކަމަށާއި އެހެންކަމުން ދައުލަތާ ދެކޮޅަށް ކޯޓުގައި ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
މީރާގެ ވަކީލް އެކަން ފާހަގަކުރުމުން ޑެޕިއުޓީ މިނިސްޓަރު މުނައްވަރު ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނެވިޔަސް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަސްމެއް ތަމްސީލް ކުރައްވަން ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
މީރާގެ މައްޗަށް މި ދައުވާ ކުރާއިރު، މުނައްވަރަކީ މީރާއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އިކޮނޮމިކް މިނިސްޓްރީއަކީ ވެސް މީރާ އިން ކުރާ މަސައްކަތްތަކާ އެއްވެސް ވަރަކަށް ގުޅޭ މަސައްކަތްތަކެއް ކުރާ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޑުއެހުމުގައި އެ މައްސަލައާ މެދު ފަނޑިޔާރުން ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި އެވެ. އެންމެ ފަހުން ފަނޑިޔާރުން ނިންމެވީ މީރާގެ ވަކީލް ފާހަގަކުރި މައްސަލައާ މެދު ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލައި، އެހެން ދުވަހަކުން އަޑުއެހުމެއ ބާއްވާށެވެ. މީރާގެ ވަކީލް ފާހަގަކުރި އިއުތިރާޒާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ނިންމުން އަންގަވާނެ ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރަކު ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ކޯޓުގައި!
ޒިހާން މަސައްކަތުން އެކަހެރިވީ އަމިއްލައަށް: ރައީސް އޮފީސް
ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު
ހެލްތު މިނިސްޓަރުގެ ނައިބަކަށް ޝަމާއު
އިސްލާމީ މަރުކަޒުގެ އިމާމުކަން ޝެއިޚް ނަސްރުﷲ އަލީއަށް
ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް
އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އަލީ އާދަމް