06 ޑިސެމްބަރ 2023
އައިޖީއެމްއެޗަށް ސިއްހީ ސާމާނު ފޯރުކޮށްދޭ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފި އެވެ.
އައިޖީއެމްއެޗަށް ސިއްހީ ސާމާނު ފޯރުކޮށްދޭ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން އުފެއްދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގައި ނުވަ ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރެއިން، ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއްގެ ގޮތުގައި އެ ބޯޑަށް ހަމަޖައްސާފައި ވަނީ، އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނެރަލަކަށް މަސައްކަތްކުރެއްވި ހ. އޮށްކަފަގޭ ޝަރީފާ އާދަމް މަނިކެވެ.
އާ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު އުފެއްދި ބޯޑުން ހިންގާނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލެވެ.
އެނގިފައިވާ ގޮތުގައި، ޝަރީފާއަކީ، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ ލެބޯޓަރީ އަށް މެޝިނާއި ރީއެންޓު ފޯރުކޮށްދޭ "ޕްރޯ ސައިނާޖީ މެޑިކަލް ސިސްޓަމްސް" ނަމަކަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުނީގެ ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ޖަލާލާއި އަލީ މުހައްމަދެވެ. ހުޅުމާލެ 2 ގައި ކްލިނިކެއް ހިންގަން ޕްރޯ ސައިނާޖީ ކުންފުންޏަށް ދީފައިވެ އެވެ.
އެ ކުންފުނީގައި ދެން ހިމެނިވަޑައިގަންނަވާ އަލީ މުހައްމަދަކީ ޝަރީފާގެ ފިރިކަލުންނެވެ. އޭނާއަކީ މިދިޔަ ދައުރުގައި ހޮޅުދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ.
އޭގެ އިތުރުން، 2019 ވަނަ އަހަރު ރަޖިސްޓްރީކުރި "ލެބް މޯލްޑިވްސް" ނަމަކަށް ކިޔާ ކުންފުންޏެއްގައި ވެސް ޝަރީފާގެ ހިއްސާ އޮވެ އެވެ. އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި މައިކްރޮބަޔޮލޮޖީ ޓެސްޓު ހަދާ މެޝިން އަދި އެއަށް ބޭނުންވާ ރީއެންޓު ފޯރުކޮށްދެނީ ޝަރީފާގެ ހިއްސާ އޮންނަ ލެބް މޯލްޑިވްސް އިންނެވެ.
އޭނާ ހިންގާ ޕްރޮ ސައިނާޖީ ކުންފުނިން ފޯރުކޮށްދެނީ ބްލަޑް ބޭންކުގެ މެޝިނާއި ރީއެންޓެވެ. އޭގެ އިތުރުން ހއ. ދިއްދޫ، ރ. އުނގޫފާރު، ލ. ގަން އަދި ގދ. ތިނަދޫ ހޮސްޕިޓަލުގައި އިމިނިއޮކެމިސްޓްރީ އަދި ބަޔޮކެމިސްޓްރީ އާއި ބްލަޑް ބޭންކް މެޝިން އަދި އެއަށް ރީއެންޓު ފޯރުކޮށްދެނީ ޕްރޯސައިނާޖީންނެވެ.
މިކަންކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، 2012 ވަނަ އަހަރު ރަޖިސްޓްރީކުރި ޕްރޯސައިނާޖީ ކުންފުންޏާ ޝަރީފާ ރަސްމީކޮށް މި ފަހުން ގުޅިވަޑައިގަތް ނަމަވެސް، އެ ކުންފުނި ފުޅާވެގެން ދިޔައީ އޭނާ އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނެރަލްއަކަށް ހުންނެވި އިރެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ ކުންފުނި ރަނގަޅަށް ހިނގައިގަންނަން ފެށުމުން، މީގެ ދެތިން އަހަރު ކުރިންނެވެ.
އޭނާ ބުނިގޮތުގައި އެ ކުންފުނިން ގެންނަ އޯތޯ ކްލިނިކަލް ޑައިގްނޮސްޓިކް ލެބޯޓްރީ ބްރެންޑުގެ މެޝިނާއި ރީއެންޓު، ރާއްޖޭގައި ދެން މެޝިނާއި ރިއެންޓު ފޯރުކޮށްދޭ ކުންފުނިތަކުން ގެންނަ ތަކެއްޗަށް ވުރެ އަގުބޮޑު އެއްޗިއްސެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ލެބަށް ވެސް އެ ކުންފުނިން ރީއެންޓު ފޯރުކޮށްދޭތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"ހުޅުމާލެ ހޮސްޕިޓަލްގެ ލެބޯޓްރީގެ ގާތްގަނޑަކަށް 85 ޕަސެންޓަކީ ޕްރޮ-ސައިނާޖީން ފޯރުކޮށްދޭ ތަކެތި. އެ ތަނުގެ ވޮލިއުމް ވެސް އެއް އަހަރުން އަނަށް އަހަރަށް އިތުރުވަމުން ދިނީ. ހުޅުމާލެ ހޮސްޕިޓަލްގެ ލެބުން އެކަނި ވެސް އެ ކުންފުނިން 25 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި އެ ކުރަނީ،" އޭނާ ބުންޏެވެ.
ޝަރީފާގެ ޕްރޯ ސައިނާޖީގެ ދަށުގައި ސައިނާޖީ ކެއާ ކްލިނިކް، މެޑިޒާވް ފާމަސީ އަދި މެޑްސް ފާމަސީ ހިންގަ އެވެ.
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ކާތަކެތި ވިއްކަން ލައިސަންސް އާކުރަން އިތުރު މުއްދަތެއް
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
އާ ގާނޫނުން ބާރުތަކާއެކު އެމްއެފްޑީއޭ އުފައްދައިފި
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
މާދަމާއިން ފެށިގެން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް
ކުޑަކުދިންގެ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި