28 ޖެނުއަރީ 2024
ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރް ލީޑު ރޯލު ކުޅުނު އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ" އަށް ތިން ދުވަސް ތެރޭގައި 90 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރް ލީޑު ރޯލު ކުޅުނު އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ" އަށް ތިން ދުވަސް ތެރޭގައި 90 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު ވަނީ 23 ކްރޯޑް ރުޕީސް (ދެ މިލިއަން ޑޮލަރު) ލިބިފަ އެވެ. ދެވަނަ ދުވަހު 39 ކްރޯޑް ރުޕީސް (ހަތަރު މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. އަދި އިއްޔެ މި ފިލްމަށް 28 ކްރޯޑް ރުޕީސް (ތިން މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
ގަލްފުގެ ގައުމުތަކުގައި "ފައިޓާ" ދެއްކުން މަނާކުރުމުން މި ފިލްމަށް ލިބޭ އާމްދަނީ ދައްވާނެ ކަމަށް ކުރިން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް، މި ފިލްމުގެ އުފެއްދުންތެރިން ބުނި ގޮތުގައި، ގަލްފުގެ ގައުމުތަކުގައި ފިލްމު ދެއްކުން މަނާކުރިޔަސް، އާމްދަނީ ދަށް ނުވެ އެވެ.
ގަލްފުގެ ގައުމުތަކުގެ ތެރެއިން މި ފިލްމު ދެއްކުމުގެ ހުއްދަ ލިބުނީ ޔޫއޭއީ އިން އެކަންޏެވެ. ނަމަވެސް، އެހެން ގައުމުތަކުގައި މި ފިލްމު ދެއްކުމުގެ ހުއްދަ ނުދޭން ނިންމި ސަބަބެއް އަދި ޔަގީންނުވެ އެވެ.
މިއީ ދީޕިކާ އާއި ރިތިކް އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ. އޮން-ސްކްރީން ޖޯޑެއްގެ ގޮތުގައި މި ދެތަރިންގެ ކެމިސްޓްރީ ބަލައިލަން ލިބޭނެ ވެސް ފުރަތަމަ ފިލްމެވެ.
"ފައިޓާ" އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ" އަދި "ބޭންގް ބޭންގް" ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނެކެވެ. މިއީ ސިދާތުގެ ޑައިރެކްޝަނެއްގައި ރިތިކް މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. ދީޕިކާގެ ދެވަނަ ފިލްމެވެ. އަދި އަނިލް ކަޕޫރުގެ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ހާއްސަ ރޯލުތަކުން ކަރަން ސިންގް ގްރޯވާ އަދި އަކްޝޭ އޮބެރޯއީ ވެސް ފެންނާނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް މި މަހު 25 ގަ އެވެ.
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި
"ކްރިޝް 4"ގެ ލީޑަށް ރިތިކްއާ އެކު ޝްރައްދާ
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ
ރިތިކްގެ އާ ފިލްމު ގަލްފުގެ ގައުމުތަކުގައި މަނާކޮށްފި
ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް ފަށަނީ
"ފައިޓާ"ގައި ރިތިކް އާއި ދީޕިކާގެ ދެ ލަވަ
ރިތިކްގެ "ވޯ 2" އަޅުވާނީ 2025 ގައި
އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމުގެ ޓީޒާ
އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް