11 ޑިސެމްބަރ 2023
އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައިވާ އިރު، ޣައްޒާގެ ޖުމްލަ އާބާދީގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހައިހޫނުކަމުގައި ކަމަށް އދ. އިން ބުނެފި އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައިވާ އިރު، ޣައްޒާގެ ޖުމްލަ އާބާދީގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހައިހޫނުކަމުގައި ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ ކާނާއާ ބެހޭ އިދާރާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔޫއެފްޕީ)ގެ ޑެޕިއުޓީ ޑިރެކްޓަރު ކާލް ސްކާއޫ ވިދާޅުވި ގޮތުގައި މިސްރުގެ ރަފަހް ބޯޑަރު ހުރަސްކޮށް، ކޮންމެ ދުވަހަކު ޣައްޒާ އަށް ވަންނަ އެހީގެ ސާމާނަކީ ޣައްޒާ އަށް މިވަގުތަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ބައިކުޅަ ބަޔަށް ވުރެ ވެސް މަދު މިންވަރެކެވެ. އެހެންކަމުން ޣައްޒާގެ ކޮންމެ 10 މީހަކު ނުވަ މީހުންނަކީ ކޮންމެ ދުވަހަކު ކާން ނުލިބޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު ހިފައިގެން އެވްރެޖް ގޮތެއްގައި ކޮންމެ ދުވަހަކު 200 ލޮރީ ޣައްޒާ އަށް އެތެރެވެ އެވެ. ނަމަވެސް ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދާއި އެމީހުން ހާލުގައި ޖެހިފައި ތިބި މިންވަރަށް ބަލާއިރު، ދުވަހުން ދުވަހަށް ޣައްޒާ އަށް އެތެރެކުރެވޭ އެހީގެ ސާމާނަކުން ނުފުދެ އެވެ.
އދ.ގެ ކާނާއާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުވުމުގައި ހަރަކާތްތެރިވާ އދ.ގެ މުވައްޒަފުން ވެސް މިހާރު ތިބީ ގޮތް ހުސްވެފަ އެވެ. އެހީގެ ސާމާނު ބަހާ މަރުކަޒުތައް ދޮށުގައި މީހުން ތޮއްޖެހި ކާބޯތަކެއްޗަށް އެދި އާދޭސްކުރަމުންދާ މަންޒަރު ކޮންމެ ދުވަހަކު ތަކުރާރުވަމުންދާ އިރު، ކާބޯތަކެތި ހޯދަން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
އެހީގެ ސާމާނު ރައްކާކުރާ ގުދަންތަކާއި ސުޕަމާކެޓްތައް ވެސް މިހާރު ހުސްވެފައިވާތީ، އަތުގައި ފައިސާ ހުރި މީހުންނަށް ވެސް އެއްޗެއް ގަނެވޭނެ ގޮތެއް ނެތެވެ. ކާބޯތަކެތި ނުލިބުމުގެ އިތުރުން، މިއަހަރުގެ ފިނި މޫސުން ފެށިފައިވާ އިރު، ގެދޮރު ސުންނާފަތިވެ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައިވާތީ، ފިނިން ރައްކާތެރިވެވޭނެ ގޮތެއް ވެސް މިހާރު ނެތެވެ.
ކާލް ސްކާއޫ ވިދާޅުވި ގޮތުގައި ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ކޮންމެ 10 މީހަކު ނުވަ މީހަކު ދުވަހުގެ 24 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނަ ވަގުތު ހޭދަކުރަނީ ކައިބޮއި ހަދާނެ އެއްވެސް އެއްޗެއް ނުލިބި އެވެ.
ޣައްޒާގެ ދެކުނުކޮޅުން މެދުތެރޭގައި އޮންނަ، އާބާދީ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ޚާން ޔޫނުސްގެ ހާލަތު މިހާރު އަންދާޒާ ވެސް ކޮށްލަން ނޭނގޭ ކަމަށް ކާލް ސްކާއޫ ވިދާޅުވި އެވެ. ސަބަބަކީ، ޚާން ޔޫނުސްގެ ވަށައިގެން އިޒްރޭލުގެ ޓޭންކުތައް ރުކުރުވާލައި އެ ސަރަހައްދު މުޅިންހެން ކަހަލަ ގޮތަކަށް ހިސާރުކޮށްފައި ވާތީ އެވެ.
ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ މުޖާހިދުންނާއި އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނާ ދެމެދު އެންމެ ވަރުގަދަ އަށް ކުރިމަތިލުންތައް ހިނގީ ވެސް ޚާން ޔޫނުސްގަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޚާން ޔޫނުސްގެ އެކި ސަރަހައްދުތަކަށް ބޮމާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދެމުން ދާތާ ވެސް މިހާރު 24 ގަޑިއިރު ވެއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 66 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17900 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7900 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5200 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 49000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8600 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން