Roadha Mihaaru
މުނައްވަރާއި ނަސީރު އޮފީހަށް ފުލްކޮށް ވަޑައިގަންނަވާނެ!

މުނައްވަރާއި ނަސީރު ފިނޭންސްގައި މަސައްކަތް ކުރައްވާނީ އޮފީހަށް ވަޑައިގެން ފުލްޓައިމްކޮށް!

13 ޑިސެމްބަރ 2023

މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ކަމަށް ހަމަޖެއްސި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރަށް ވެސް ވަޒީރެއްގެ މުސާރަ ލިބޭނެ ކަމަށާއި ކޮންމެ ދުވަހަކު އޮފީހަށް ވެސް ނުކުންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ކަމަށް ހަމަޖެއްސި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރަށް ވެސް ވަޒީރެއްގެ މުސާރަ ލިބޭނެ ކަމަށާއި ކޮންމެ ދުވަހަކު އޮފީހަށް ވެސް ނުކުންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވަޒީރުންނަށް، ހަމައެކަނި މުސާރައިގެ ގޮތުގައި 57،000ރ. ލިބޭނެ އެވެ.

މިދިޔަ ސަރުކާރުގައި ވެސް ރައީސްގެ އެޑްވައިޒަރެއްގެ ގޮތުގައި ވޯލްޑް ބޭންކް ގްރޫޕުގެ ކުރީގެ ޗީފް އިކޮނޮމިސްޓް ކަމަށްވާ ޑރ. ޝާންތާ ޑެވަރަޖަން ހުންނެވި އެވެ. އޭނާ އަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަމަވެސް، މުސާރައެއް ނުނަންގަވަ އެވެ. އޭނާ އެ މަގާމު ފުރުއްވީ ބޭރުގައި ހުންނަވައިގެންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑްވައިޒަރުންގެ ގޮތުގައި ފިނޭންސް މިނިސްޓްރީގައި އާރިފް ހިލްމީ އާއި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު ވެސް މަސައްކަތް ކުރެއްވެވި އެވެ.

އާ ސަރުކާރުގައި ކެބިނެޓާ އެކު 41 މިނިސްޓަރުން އެބަތިއްބެވި އެވެ. އެއީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓަރުންނާއި، ރައީސް އޮފީހާއި އެންމެ ބައެއް މިނިސްޓްރީތަކާއި އިދާރާތަކުގައި ތިއްބަވާ 19 ބޭފުޅުންނެވެ.

މިނިސްޓަރުންގެ އިތުރުން 51 ސްޓޭޓް މިނިސްޓަރުންނާއި 74 ޑެޕިއުޓީ މިނިސްޓަރުން ވަނީ އައްޔަނުކޮށްފަ އެވެ.