ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އަނެއްކާ ވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
15 އޮކްޓޯބަރ 2024
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އަނެއްކާ ވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުން އޭނާ މިހާރު ހުންނެވީ އެ މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގަ އެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ނަސީރު އަލުން މި ހަމަޖެއްސީ ފިނޭންސް މިނިސްޓަރަކަށް މޫސާ ޒަމީރު މިދިޔަ މަހުގެ 30 ގައި ބަދަލުކުރެއްވުމާ އެކު އެވެ. އެންމެ ފަހުން ނަސީރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
އާ ސަރުކާރު ވެރިކަމަށް އައިސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ނަސީރަށް ފުރަތަމަ ދެއްވީ އޭރުގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގުގެ އެޑްވައިޒަރުގެ މަގާމެވެ. މިނިސްޓަރު ފެންވަރުގައި އެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އޭޕްރީލް މަހު އޭނާ ފޮރިން މިނިސްޓްރީ ބަދަލުކުރެއްވީ އެވެ.
ފިނޭންސް މިނިސްޓްރީގައި މިހާރު މިނިސްޓަރުގެ އިތުރުން ސިޔާސީ މަގާމުތަކުގައި 11 ބޭފުޅަކު ތިއްބަވަ އެވެ. އެއީ އެޑްވައިޒަރު ނަސީރުގެ އިތުރުން ތިން ސްޓޭޓް މިނިސްޓަރުންނާއި 8 ޑެޕިއުޓީ މިނިސްޓަރުންނެވެ.
މުނައްވަރާއި ނަސީރު އޮފީހަށް ފުލްކޮށް ވަޑައިގަންނަވާނެ!
އެންސްޕާއަށް އިމާރާތެއް ހޯދަން އަނެއްކާ އިއުލާންކޮށްފި
ހިދުމަތްކުރަން ލިބުމުން ރައީސަށް ޝުކުރުވެރިވަން:ފައިސަލް
ސަސްޕެންޑްކުރި ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް
ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓްރީން ނުގެންގުޅޭ
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
ދައުލަތަށް ކާރު ގަންނަން 13 އަހަރުން 80 މިލިއަން