ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީން ރާވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކުރި މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފި އެވެ.
27 ޖެނުއަރީ 2025
ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީން ރާވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކުރި މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ނިހާދު ވަނީ އައްޔަންކޮށްފަ އެވެ. އަދި އިއްޔެއިން ފެށިގެން އޮފީހަށް އޭނާ ނުކުންނަވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު ނިހާދު ޕީއެންސީގެ ޖަލްސާއެއްގައި މިދިޔަ މަހު ވަނީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރުވަމުން އަންނާތީ އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކަތަކެއް ނިހާދު ދެއްކެވި މައްސަލާގައި އޭނާ ސަސްޕެންޑްކުރި އެވެ. ނަމަވެސް އެ މައްސަލަ އޮއްވާ އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކުރި މައްސަލާގައި ސޯޝަލް މީޑިއާގައި އަނެއްކާވެސް ވަނީ ފާޑުކިޔުން ބޮޑުވެފަ އެވެ.
ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީން ވެސް އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން، ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް އެމްޑީޕީން އޭރު ގޮވައިލި އެވެ. އަދި އޭރު ސަރުކާރުން ވެސް ވަނީ ނިހާދުގެ އެ ތުހުމަތުތައް ދޮގުކޮށް، އަދި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ބުނެފަ އެވެ.
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނިހާދު ޕީއެންސީއާ ގުޅިވަޑައިގަތީ ޕީއެންސީން ވެރިކަމާ ހަވާލުވި ތަނާ އެވެ. އަދި އޭނާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ނިހާދު އަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި
ހިދުމަތްކުރަން ލިބުމުން ރައީސަށް ޝުކުރުވެރިވަން:ފައިސަލް
ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓްރީން ނުގެންގުޅޭ
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ނަސީރު އަނެއްކާވެސް ފިނޭންސްމިނިސްޓަރުގެ އެޑްވައިޒަރަކަށް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
މުނައްވަރާއި ނަސީރު އޮފީހަށް ފުލްކޮށް ވަޑައިގަންނަވާނެ!