މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ޝަރީއަތުގައި ވެސް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް އިތުރަށް ވަކީލުން ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
14 ޑިސެމްބަރ 2023
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ޝަރީއަތުގައި ވެސް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް އިތުރަށް ވަކީލުން ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުންޏެވެ.
ކޯޓުން ބުނިގޮތުގައި ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިނުމުން ވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން އޭނާ އަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރުމަށް ފަހު، މައްސަލައިގެ ލިޔުންތައް ކޯޓުގައި ހުރެގެން ބެލޭނެ އިންތިޒާމު ސާހިލް އަށް އޮންނާނެ ކަން އޭނާ އަށް އަންގާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ސާހިލްގެ ފަރާތުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ
ޓެގް އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކޮށްދޭން އެދެފި
ސާހިލްގެ ވަކީލު މައްސަލަ ދޫކޮށްލުމުން ވަކީލަކު ހޯދަނީ
ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ފަށަނީ
ނަދީމް މަރާލުން:އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
ހާރިސްގެ މަރުގެ މައްސަލާގެ ހުކުމް އިއްވުން ފަސްކޮށްފި
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި