Roadha Mihaaru
ގައުމީ ގުރުއާން މުބާރާތް ފަށައިފި

250 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ގައުމީ ގުރުއާން މުބާރާތް ފަށައިފި

26 ސެޕްޓެމްބަރ 2017

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް، 255 ބައިވެރިންނާ އެކު ރޭ، އިސްލާމީ ސެންޓަރުގައި ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް، 255 ބައިވެރިންނާ އެކު ރޭ، އިސްލާމީ ސެންޓަރުގައި ފަށައިފި އެވެ.

ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް އަންނަ ހުކުރު ދުވަހާ ހަމައަށް އޮންނާނެ އެވެ.

މުބާރާތް އިންތިޒާމްކުރާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މި އަހަރުގެ މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފީގައި 66 ބައިވެރިން އަދި ބަލައިގެން ކިޔެވުމުގައި 135 މީހުން ބައިވެރިވެފައިވާ ކަމަށެވެ. މުޅި ގުރުއާން އެކީ ކިޔެވުމުގެ ބައިގައި ބައިވެރިވީ 54 މީހުންނެވެ.

މި އަހަރުގެ މުބާރާތުގައި ވަކި އުމުރުފުރާތަކެއް ކަނޑައަޅާފައެއް ނުވެ އެވެ. އެކަމަކު ދެ ޖިންސަށް އިންސާފުކުރާނީ ވަކިންނެވެ.