ވިނަރެސް ފްލެޓްތަކުގެ މަހު ކުލި 10،000 ރުފިޔާއަށް ކުޑަކޮށްދޭން އެދި، އެ ފްލެޓް ލިބުނު މީހުންގެ ފަރާތުން ޕެޓިޝަނެއް ރައީސް އޮފީހާއި އާބަންކޯއަށް ހުށަހަޅައިފި އެވެ.
19 ޑިސެމްބަރ 2023
ވިނަރެސް ފްލެޓްތަކުގެ މަހު ކުލި 10،000 ރުފިޔާއަށް ކުޑަކޮށްދޭން އެދި، އެ ފްލެޓް ލިބުނު މީހުންގެ ފަރާތުން ޕެޓިޝަނެއް ރައީސް އޮފީހާއި އާބަންކޯއަށް ހުށަހަޅައިފި އެވެ.
ވިނަރެސް ޕެޓިޝަންގައި ފްލެޓް ލިބުނު 130 މީހަކު ވަނީ ސޮއިކޮށްފަ އެވެ.
އެ ޕެޓިޝަންގައި ބުނީ ވޭތުވެދިޔަ ސަރުކާރުން ފްލެޓްތައް ދޫކުރީ ލަގްޒަރީ އެޕާޓްމެންޓްތަކުގެ އަގުގައި ކަމަށާއި ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތި ކަމަށެވެ.
ވިނަރެސް އެޕާޓްމެންޓެއްގެ ޑައުންޕޭމަންޓުގެ ގޮތުގައި އެވްރެޖްކޮށް 375،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ދައްކަން ޖެހެ އެވެ. އަދި މަހު ކުލީގެ ގޮތުގައި 16،000ރ. އަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހެ އެވެ. އޭގެ އިތުރުން ބޭންކް ލޯނު މެދުވެރިކޮށް 17،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދެއް 20 އަހަރުވަންދެން ދައްކަން ޖެހެ އެވެ.
އެ ޕެޓިޝަންގައިވާ ގޮތުން ރާއްޖޭގެ އެހެން ސޯޝަލް ހައުސިން އެޕާޓްމެންޓްތަކުގެ އަގު ދެ މިލިއަން ރުފިޔާއަށް އަރާ އިރު ވިނަރެސްގެ އަގު އުޅެނީ ހަތަރު މިލިއަން ރުފިޔާގަ އެވެ.
ވިނަރެސްގެ ހަގީގީ އަގަކީ 7،000ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެހެންވެ ފްލެޓްތަކުގެ އަގު ހެޔޮކޮށްދޭން އެދިފައިވާ ކަމަށް ޕެޓިޝަންގައިވެ އެވެ.
މި މަހުގެ ކުރީ ކޮޅު ރައީސް މުއިއްޒު ވަނީ، ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށް ހަދަން ނިންމެވި. ކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިހާތަނަށް އާބަންކޯއިން ހާމައެއް ނުކުރެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު ކުރީގެ ސަރުކާރުން އޮތީ ވިނަރެސްގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓުން ހަ ޕަސެންޓަށް ކުޑަ ކުރަން ނިންމައިފަ އެވެ. މި ގެނައި ބަދަލުގެ ސަބަބުން ކުރިން ދައްކަމުން އައި އަދަދުން ވަނީ 4000ރ. ކުޑަވެފަ އެވެ.
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ޕެޓިޝަންގައި ވާގޮތުން އިންޓްރެސްޓުން ތިން ޕަސެންޓު ކުޑަ ކުރި ނަމަވެސް، މިހާރު ވެސް ދައްކަން ޖެހޭ އަދަދު ބޮޑެވެ. އެހެންވެ، އެ އަދަދު ސަރުކާރުން ކުޑަކޮށްދޭން ޖެހެ އެވެ.
1. ކުޑަދޮރުތައް އެތެރެއަށް ހުޅުވަން ޖެހޭތީ ކޮޓަރިއަކުން 15 އަކަ ފޫޓު ގެއްލޭ
2. ޓައިލްސް ކޮލިޓީ އާއި ފިނިޝިން މަސައްކަތުގެ ފެންވަރު ދަށް
3. ބަދިގޭގައި ހުޑް ފަދަ ތަކެތި ނެތުމުން، ސެޓަޕް ފުރިހަމައެއް ނުވޭ
4. ޓެރަސް ދޮރު ހަރުކުރުމާއި ޓައިލްސް ޖެހުމަށް ބޮޑު ހަރަދެއް ދިޔަ
5. ލަގްޒަރީ އެޕާޓްމެންޓްގެ އަގުގައި ވިއްކި ނަމަވެސް ކޮލިޓީ ދަށް
ވިނަރެސްގެ ބާކީ މައްސަލަ ޖެހުނު ފްލެޓްތަކުގެ ވެރިންނަށް
ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުން ފަސްކޮށްފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ބައިގަޑިއިރުތެރޭ ވިނަރެސްގެ ހުރިހާ ފްލެޓެއް ބުކްކޮށްފި!
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
މާލެ އިން 17 މިނިޓް: މުސްތަގުބަލުގެ ސިޓީގެ މަލަމަތި
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި