ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ޕާޓީގެ ހަސަން ލަތީފާ ވެސް މިއަދު ބައްދަލުކުރައްވައިފި އެވެ.
20 ޑިސެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ޕާޓީގެ ހަސަން ލަތީފާ ވެސް މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ހަސަން "މިހާރު" އަށް ވިދާޅުވީ މިވަގުތު ސިޔާސީ މަސްރަހުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒާ މަޝްވަރާ ކުރެއްވި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ރައީސް ޑރ. މުއިއްޒާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން މިއަދު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ހަސަން މީގެ ކުރިން ވަނީ މި ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރަސްމީކޮށް ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް ތާއީދު ނުކުރިޔަސް އެ ޕާޓީގެ އާންމު ބައެއް މެމްބަރުންގެ ތާއީދު އޮތީ އެ މަނިކުފާނަށެވެ. ހާއްސަކޮށް ބައެއް ރަށްރަށުގައި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ރައީސް ޑރ. މުއިއްޒަށް ކެމްޕެއިން ވެސް ކުރި އެވެ.
ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުންތަކާ ގުޅޭ އެއްވެސް ތަފުސީލެއް ރައީސް އޮފީހުން މީޑިއާ އަށް ނުދެ އެވެ. އަދި އެ ބޭބޭފުޅުން ވެސް މާ ބޮޑު ތަފުސީލެއް ނުދެއްވަ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓު ދޮންކޮޅު ޕީއެންސީއަށް
އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމަށް ހަރަކާތެއް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
އެއްބާރުލުން ދޭން ޑިމޮކްރެޓްސްއިން ރައީސްގެ އަރިހަށް
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
ހެނދުނާ ވޯޓުލައި ތާރީހީ މޮޅެއް ހޯދައިދީ: ރައީސް
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް