ލަންޑަން (ފެބްރުއަރީ 13) - މެންޗެސްޓާ ސިޓީގައި ސާޖިއޯ އަގުއޭރޯގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އޭނާ އަމިއްލަ އަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
13 ފެބުރުއަރީ 2017
ލަންޑަން (ފެބްރުއަރީ 13) - މެންޗެސްޓާ ސިޓީގައި ސާޖިއޯ އަގުއޭރޯގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އޭނާ އަމިއްލަ އަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ސީޒަނުގައި ސަސްޕެންޝަނުގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމުގެ ސަބަބުން އަގުއޭރޯގެ ފޯމު ވަނީ ދަށްވެފަ އެވެ. އަދި ދާދި ފަހުން ސިޓީއާ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސަސް ގުޅުނު ފަހުން ޓީމުގެ ފުރަތަމަ އެގާރައިން އަގުއޭރޯ އަށް ފުރުސަތު ލިބެނީ މަދުންނެވެ.
ލީގުގައި މިރޭ ރަށުންބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ގާޑިއޯލާ ބުނީ އަގުއޭރޯ އެ ކްލަބްގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.
"އަގުއޭރޯ އަކީ ގޯލާ ރަށްޓެހި މޮޅު ފޯވާޑެއް އޭނާ ފެންވަރުގެ ކުޅުންތެރިޔަކު ކްލަބް ދޫކޮށްލަން އަހަރެން ބޭނުމެއް ނޫން. އެކަމަކު އެ ކުޅުންތެރިޔެއްގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމުމެއް ނިންމާނީ އެ ކުޅުންތެރިޔެއް އަމިއްލަ އަށް. އަހަރެންގެ ކެރިއަރުގައި ވެސް ސީޒަން ނިމުމުން ނޭނގޭ ދެން ކުރިއަށްދާނެ ގޮތެއް. އެ ކަމާ ޖެހެނީ ވިސްނަން،" ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގަން ޗެލްސީ އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމަށް ނުހިފުނެވެ. ޗެލްސީ މި ވަގުތު އެއް ވަަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެވެ.
މިރޭ ބޯންމައުތު އަތުން ލީގު ހަތަރު ވަނައިގައި އޮތް ސިޓީ މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ. ސިޓީ މި ވަގުތު ހަތަރު ވަނައިގައި އޮތީ 24 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.
ގާޑިއޯލާ ބުނީ ސިޓީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ބޯންމައުތަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އަހަރެމެންނަކީ މެޗު ޑޮމިނޭޓް ކޮށްގެން ހުރިހާ ގޮތަކުން މޮޅުވާން މަސައްކަތް ކުރާ ޓީމެއް. އެކަމަކު އެ ގޮތަށް ކުޅެން ވިސްނާއިރު ބޯންމައުތަކީ ވަރަށް ވަރަށް އުނދަގޫ ޓީމެއް. ބޮޑެތި ޓީމުތަކާ ދެކޮޅަށް އެ ޓީމުން ނެރެފައިވާ ނަތީޖާތަކުން އެކަން އެނގޭ،" ގާޑިއޯލާ ބުންޏެވެ.
ބޯންމައުތުގެ ކޯޗު އެޑީ ހޯވް ބުނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުުޅެން ޖެހޭ ގޮތް ބޯންމައުތަށް އެނގޭ ކަމަށާއި ސިޓީއާ ދެކޮޅަށް ވެސް ނުކުންނާނީ ރަނގަޅު ރޭވުންތަކަކާ އެކު ކަމަށެވެ.
ސިޓީ އާއި ބޯންމައުތު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ޖަހާއިރު އެވެ.
އަގުއޭރޯއާ މެދު އުއްމީދު ދުލެއް ނުކުރަން: ގާޑިއޯލާ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!