ލަންޑަން (ފެބްރުއަރީ 3) – އާސެނަލް އަތުން 5-1 ން ބަލިވި މެޗުގެ ފަހު 25 މިނެޓާ މެދު ހިތާމަކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
03 ފެބުރުއަރީ 2025
ލަންޑަން (ފެބްރުއަރީ 3) – އާސެނަލް އަތުން 5-1 ން ބަލިވި މެޗުގެ ފަހު 25 މިނެޓާ މެދު ހިތާމަކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އާސެނަލްއިން ނަތީޖާގެ ފަރަގު ބޮޑު ކުރީ މެޗުގެ ފަހު 25 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި މާޓިން އޮޑެގާޑް އެ ޓީމަށް ލީޑް ނަގައިދީފައި ވަނިކޮށް ދެވަ ނަ ހާފަށް ނުކުމެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އާލިން ހާލަންޑް ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ލަނޑަށް ފަހު ހަމަޖެހިނުލެވި އުޅެނިކޮށް ތޯމަސް ޕާޓޭ އާސެނަލް އަށް އަލުން ލީޑު ނަގައިދިނެވެ. ގާތްގަނޑަކަށް ފަހު 25 މިނެޓުގެ ތެރޭ އާސެނަލްގެ އަނެއް ތިން ލަނޑު ޖެހީ މައިލް ލުއިސް ސްކެލީ އާއި ކައި ހަވަޓްޒް އަދި އީތަން ނަވާނެރީ އެވެ.
ގާޑިއޯލާ ބުނީ މެޗުގެ ފަހު 25 މިނެޓާ ހަމައަށް ވެސް ސިޓީން ކުޅެމުން ދިޔައީ ރަނގަޅު ގޭމެއް ކަމަށެވެ. އޭނާގެ ޓީމަށް ކޮންޓްރޯލް ގެއްލުނީ ފަހު 25 މިނެޓުގެ ތެރޭގައި ކަމަށް ކޯޗު ބުންޏެވެ.
"އަހަރެން ހިތާމަކުރަނީ ފަހު 25 މިނެޓާ މެދު. މެޗުގެ 65 އަދި 70 މިނެޓްގައި އަހަރެމެން ކުރަން ޖެހޭ ކަންތައްތައް (ފަހު 25 މިނެޓުގެ ތެރޭގައި) ކުރަން އަހަރެމެން ހަނދާނެއް ނެތް،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ އާސެނަލްގެ ސްޓޭޑިއަމްގައި އިދިކޮޅު ޓީމަށް މެޗުގެ ފުރަތަމަ ކޮޅު ގޭމުގެ ތެރެއަށް ވަންނަން އަބަދުވެސް އުނދަގޫވާނެ ކަމަށެވެ.
"މި ސީޒަނުގައި ވެސް ވަރަށް ގިނަ ފަހަރަން އެކަން ވެއްޖެ،" އޭނާގެ ކުރީގެ އެސިސްޓެންޓް ކޯޗު މިކެލް އާޓެޓާ ކޯޗުކޮށްދޭ ޓީމާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.
"އެކަމަކު ފުރަތަމަ 15 މިނެޓަށް ފަހު އަހަރެމެން ވަރަށް ރަނގަޅަށް ގޭމްގެ ތެރެއަށް ވަދެވުނު."
ގާޑިއޯލާ ބުނީ މެޗުގެ ފަހު ވަގުތުތައް ފިޔަވައި އޭނާގެ ޓީމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ފަހު 15 ނުވަތަ ފަހު 20 މިނެޓާ މެދު ހިތާމަ ކުރަން. އެހެން ނޫނީ މި މެޗަކީ އަހަރެމެންނަށް ރަނގަޅު މެޗެއް،" އޭނާ ބުންޏެވެ.
މެޗުން އާސެނަލް މޮޅުވެ، އެ ޓީމު ވަނީ ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލާ ހަ ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އެކަމަކު އާސެނަލް ވަނީ ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި
ސިޓީ ސޮއްސާލައިފި، އާސެނަލް ކުރިހޯދީ ގަދަ ރޫހެއްގައި