ލަންޑަން (ޖޫން 25) - މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ކުރިމަތިވެފައިވާ އަނިޔާ އިން ސަލާމަތްވެ ދެން މި ސީޒަނުގައި ނުކުޅެވިދާނެ ކަމަށް މީޑިއާ އިން ބުނާ ވާހަކަތައް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދޮގުކޮށްފި އެވެ.
25 ޖޫން 2020
ލަންޑަން (ޖޫން 25) - މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ކުރިމަތިވެފައިވާ އަނިޔާ އިން ސަލާމަތްވެ ދެން މި ސީޒަނުގައި ނުކުޅެވިދާނެ ކަމަށް މީޑިއާ އިން ބުނާ ވާހަކަތައް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދޮގުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ސިޓީން 5-0 އިން ބާންލީ ބަލިކުރި މެޗުގައި އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. މި ސީޒަނުގައި ގިނަ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި އަގުއޭރޯ އަށް މި ފަހަރު މި ލިބުނު އަނިޔާއާ ގުޅިގެން ކުޑަ އޮޕަރޭޝަނެއް ކުރަން ޖެހި ސިޓީން ވަނީ އޭނާ ވަގުތުން ބާސެލޯނާ އަށް ފޮނުވައިގެން އެ އޮޕަރޭޝަން ކޮށްފަ އެވެ. އަގުއޭރޯ ބުނީ އޮޕަރޭޝަނުގެ ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯ އަށް އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އާދެވޭނީ އޮގަސްޓް މަހު އޮތް ޗެމްޕިއަންސް ލީގުގެ މެޗުތަކަށެވެ. އެކަމަކު ގާޑިއޯލާ ބުނީ ވަކި މުއްދަތެއްގެ ވާހަކަ އަދި ނުދެކެވޭ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އަގުއޭރޯ އެނބުރި އަންނާނެ ކަމަށް ސިޓީން އުއްމީދުކުރެ އެވެ.
"އަހަރެމެން އަދިވެސް އަގުއޭރޯއާ މެދު އުއްމީދު ދުލެެއްނުކުރަން. އުއްމީދަކީ ވީ އެންމެ އަވަހަކަށް އޭނާ މެޗުތަކަށް އެނބުރި އައުން. އެއީ ކްލަބުން ވެސް އެދޭ ގޮތް. އަގުއޭރޯ އަށް މުޅި ސީޒަން އެއްކޮށް ނުގެއްލޭ،" މިރޭ ޗެެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
އަގުއޭރޯގެ ބަދަލުގައި ކުޅެން ހުރި ހަމައެކަނި ކުޅުންތެރިޔަކީ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ނޫން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
"ހަމައެކަނި ގަބްރިއެލް (ޖީސޫސް) އެއް ނޫން މި ހުރީ. އެ މަގާމަށް ކުޅެވޭނެ ގުންޑޮގާން، ސްޓާލިން ނޫނީ ބެނާޑޯ އަށް ވެސް. މީގައި މައްސަލަ އަކީ ތިން ދުވަހުން މެޗެއް ކުޅެން ޖެހިފައި އޮތުން،" ގާޑިއޯލާ ބުންޏެވެ.
ލީގުގައި މިރޭ ޗެލްސީ ދަނޑުގައި ކުޅޭ މެޗުން ސިޓީ އަށް މޮޅުނުވެވިއްޖެނަމަ ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ޔަގީންވާނެ އެވެ. ގާޑިއޯލާ ބުނީ ލީގުގެ ވާހަކަ ދެއްކުމުގެ ހިޔާލު މި ސީޒަނުގައި ދޫކޮށްލާފައިވާ ކަމަށެވެ.
"އެ މީހުން (ލިވަޕޫލް) އަކީ ޗެމްޕިއަނުން. މިހާރު ސުވާލަކީ އެކަން ޔަގީންކުރާނެ ދުވަހެއް. އަހަރެމެންގެ ނަޒަރުގައި ލިވަޕޫލަކީ ޗެމްޕިއަނުން. އެހެންވީމަ އެ ވާހަކަ (ލީގުގެ ވާހަކަ) އެހާ ޝައުގުވެރިއެއް ނުވާނެ،" މިދިޔަ ދެ ސީޒަނުގައި ސިޓީ އަށް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ގާޑިއޯލާ ބުންޏެވެ.
ސިޓީ އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:15 ގަ އެވެ.
މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އަގުއޭރޯ: ގާޑިއޯލާ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!