Roadha Mihaaru
މިރޭ ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ

އެއްބައިވަންތަކަމުގެ ދުވަސް ފަށަން ފަތިސްނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ

25 ޑިސެމްބަރ 2023

މާދަމާ ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތިސް ނަމާދު ބޮޑު ޖަމާއާތުގައި ކުރަން ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާދަމާ ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތިސް ނަމާދު ބޮޑު ޖަމާއާތުގައި ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ، ސުނާމީ ކާރިސާއާ ގުޅުވައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 26ގަ އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މާލޭގެ ބޮޑު ޖަމާއަތް އޮންނާނީ ސަލްމާން މިސްކިތުގަ އެވެ. ހުޅުމާލޭ މަސްޖިދުލް އަލްސާނީ މިސްކިތާއި ވިލިމާލޭގައި މަސްޖިދުލް ބިއްރުގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރާނެ އެވެ.

ފަތިސް ނަމާދުގެ އިތުރުން ސުނާމީގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި، ރާޅު އެރި ކަމަށް ރެކޯޑް ކުރެވިފައިވާ ގަޑި، ހެނދުނު 9:23ގައި ހަމަހިމޭން ކަމުގެ ސްކޫތެއް ގެނައުމަށް ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ ސުކޫތުގެ ކައުންޓްޑައުން މަގުތަކުގައި ހުންނަ ޓީވީތަކާއި، ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް ގެނެސްދޭނެ އެވެ.

ސުނާމީ ކާރިސާއަށް 19 އަހަރު ފުރޭއިރު އެ ހާދިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފަ އެވެ.