Roadha Mihaaru
ފުއާދުގެ ދައުރު ހަމަވާތީ ކުރިމަތިލާން ހުޅުވާލައިފި

ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

12 ސެޕްޓެމްބަރ 2024

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ފުއާދުގެ މެމްބަރުކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެމްބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.

މެމްބަރު ކަމަށް ކުރިމަތިލެވޭނީ:

1. އުމުރުން 25 އަހަރުވެފައިވާ މީހުންނަށް

2. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހުންނަށް

3. އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުން ނުދާ މީހުންނަށް

4. ސަރުކާރުގެ ނުވަތަ އެހެން ވެސް ތަނެއްގައި ވަޒީފާއެއް އަދާނުކުރާ މީހުންނަށް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކޮށްގެންނެވެ. އަދި އެ ކޮމިޝަނުގެ ރައީސް އިންތިހާބު ކުރާނީ ކޮމިޝަނުގެ ފަސް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.