Roadha Mihaaru
ހައްޖަގެ ދަރިފުޅު ނިޔާވެއްޖެ

ހައްޖަގެ ދަރިފުޅު ނިޔާވެއްޖެ

28 ޑިސެމްބަރ 2023

ދިވެހި ފިލްމީ ތަރި ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) ގެ ފިރިހެން ދަރިފުޅު މުހައްމަދު ޝިޒާން ޒަބީރު ނިޔާވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިވެހި ފިލްމީ ތަރި ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) ގެ ފިރިހެން ދަރިފުޅު މުހައްމަދު ޝިޒާން ޒަބީރު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 18 އަހަރުގެ ޝިޒާން މިއަދު ހެނދުނު ނިޔާވީ އޭނާ ދިރިއުޅޭ ގޭގެ ސިޑި މައްޗަށް އިއްޔެ ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

ބެލެވޭ ގޮތުގައި އޭނާ ވެއްޓުނީ ފިޓް ޖެހިގެންނެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނީ އަޑެއް އިވިގެން ބެލިއިރު އެގޭގައި ދިރިއުޅޭ އެހެން ބަޔަކަށެވެ.

ޝިޒާން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ސިކުނޑިއަށް ލޭ އެޅިގެން ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނުމުން އާއިލާއިން އެދިގެން ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.

ޝިޒާންގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލޭ ސަހަރާ މިސްކިތުގައި މިރޭ އިޝާ ނަމާދަށްފަހު އެވެ.